Advertisement
ކ. މާލެ
|
19 ޖުލައި 2023 | ބުދަ 14:55
ރައީސް ތުރާކުނުގައި ވާހަކަފުޅުދައްކަވަނީ
ރައީސް ތުރާކުނުގައި ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
ހއ.އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅު
ތުރާކުނަށް ރައީސް ވެދެއްވީ ބަނދަރު ބޮޑުކުރުމާއި، ތަރައްޤީގެ މުހިންމު ވައުދުފުޅުތަކެއް
މި ސަރުކާރުން ތަފާތުކުރުން ނުގެންގުޅޭނެ
ވަނގާރަކީ ފަތުރުވެރިކަން ކުރިއަރުވަން ވިސްނާފައިވާ ރަށެއް
ތުރާކުނުގައި ކުރިން ތަރައްޤީގެ ކަންކަން ހިނގާފައި ވަނީ އަމިއްލަ މީހެއްގެ އެހީތެރިކަމާއެކު

ތުރާކުނުގެ ބަނދަރު ބޮޑުކުރުމަށާއި އިތުރު މުހިންމު ވައުދުފުޅުތަކެއް އެ ރަށަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެވަޑައިގަންނަވައިފިއެވެ.

ރައީސް އެފަދަ ވައުދުފުޅުތަކެއް ވެވަޑައިގެންނެވީ ހއ.ތުރާކުނުގެ ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މީގެ ކުރިން ވަނގާރަކީ ފަތުރުވެރިކަން ކުރިއަރުވަން ވިސްނާފައިވާ ރަށެއް ކަމަށެވެ. ނަމަވެސް މިހާރު އެ ރަށް ތުރާކުނުގެ ރައްޔިތުންނަށް ބޭނުން ކުރެވޭނެ ގޮތަށް ހަމަޖައްސަން ނިންމެވީ ކައުންސިލާއި ރައްޔިތުންގެ އެދުމުގެ މަތިން ކަމަށް ވިދާޅުވިއެވެ. އަދި އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީ އިން ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

ރައީސް ވިދާޅުވީ ތުރާކުނަކީ އާބާދީ ކުޑަ އެހެން ރަށްތަކާއި އެކަހެރި ރަށަކަށް ވުމުން އެ ރަށަށް ގެންނަން ޖެހޭ ތަރައްޤީ މީގެ ކުރިން ނުގެނެވޭ ކަމަށެވެ. އެ ރަށުގައި ތަރައްޤީގެ ކަންކަން ހިނގާފައި ވަނީ އަމިއްލަ މީހެއްގެ އެހީތެރިކަމާއެކު ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން އެ ތަފާތުކުރުން ނުގެންގުޅޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ތުރާކުނުގެ ޒުވާނުން ބޭނުން ވަނީ އެ ރަށުގެ ފުޓްބޯޅަ ދަނޑުގައި ރޭގަނޑު ކުޅެވޭނެ ގޮތް ހެދުމަށް ކަމަށާއި އެކަން ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ހއ. އަކީ އާރްޓީއެލްގެ ދަތުރުގެ ޚިދުމަތް އެންމެ ރަނގަޅަށް ހިނގަމުންދާ އެއް ސަރަހައްދު ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ސިއްހީ ޚިދުމަތާއި އިގްތިސާދީ ފައިދާތަކާއި ގުޅިފައިވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް