ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހުގެ ރަނިންގމޭޓް ކަމަށް އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒު އިސްމާއީލު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހުގެ ސަރުކާރުގައި ނުފޫޒުގަދަ ވަޒީރެއްގެ ގޮތުގައި ފެނިގެންދާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ ދެވަނަ ދައުރަކަށް ނުކުންވާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ.
ރަނިންގމޭޓްކަން ފައްޔާޒު ބޭނުންފުޅުވާކަން ކޮންމެސް ސަބަބަކާ ހުރެ ދައްކަވަމުންދަނީ ރައީސްގެ ކެމްޕެއިންގައި ވަރަށް ހަރަކާތްތެރިިކޮށް އުޅުއްވާ ރީކޯ މޫސާ މަނިކުކަމަށް ފައްޔާޒު ތުހުމަތުކުރެއްވިއެވެ. ނަމަވެސް އެތުހުމަތު ކުރައްވާ ސަބަބެއް ސާފުކޮށެއް ނުދެއްވައެވެ.
ފައްޔާޒު ވިދާޅުވީ އެއީ ވަރަށް ދެރަ ކަމެއްކަމަށެވެ.
ރީކޯ ޓެގްކުރައްވާ ފައްޔާޒު ޓްވީޓްކުރައްވާފައިވާއިރު ފައްޔާޒުގެ ޓްވީޓަށް ރީކޯ ވަނީ ރައްދުދެއްވާފައެވެ. އެގޮތުން ޕާޓީގެ ޗެއަރޕާސަން ކަމުގައި ހުންނަވަންވާނީ އާންމު މެމްބަރުންނާ ޒާތީނުވެ ޕާޓީގެ މެމްބަރުންނާއެކު އުޅެވޭނެ މީހެއްކަމަށް ރީކޯ ވިދާޅުވިއެވެ. ކަނޑައެޅިގެން ދޮގުވާހަކަ ނުފެތުރުމަށް ރީކޯ ވަނީ އެދިވަޑައިގަންނަވާފައެވެ.
ރީކޯ އަކީ ކުރިން އެމްޑީޕީގައި އިސްކޮށް އުޅުއްވުމަށްފަހު ޕާޓީން ވަކިވެވަޑައިގެންނެވި ބޭފުޅެކެވެ. މިފަހުން އަލުން އެމްޑީޕީ އާ މިދިޔަ އަހަރު ގުޅިވަޑައިގެންނެވުމަށްފަހު ރައީސް ޞާލިހުގެ ކެމްޕެއިންގައި އިސް ސަފުން ރީކޯ މޫސަ އަންނަނީ ފެންނަމުންނެވެ.
ރަނިންގމޭޓެއް ކަނޑައެޅުމުގެ ކަންތަކުގައި ރައީސް ޞާލިހު ވިދާޅުވެފައިވަނީ އެއީ އުނދަގޫ ނިންމުމަކަށް ވެފައިވާކަމަށެވެ.
އަޅުގަނޑު ސިކުނޑީގައި މިވަގުތި އިން އެންމެ ބޮޑު މައްސަލަ. މައްސަލައޭ މި ދެންނެވީ ޑިސިޝަނެއް ނަގަން ޖެހިފައި އޮތް މައްސަލަ. އަޅުގަނޑު ވަކިވަކިން ޕާޓީގެ އިސްބޭފުޅުންނާ އެބަ ވާހަކަ ދައްކަން. އެ ބޭފުޅުންގެ ވިސްނުމާ ހިޔާލު އަޅުގަނޑު އެބަ ހޯދަން. ކޮންމެ ދުވަހަކު ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ވަކިވަކިން އަޅުގަނޑު އެބަ ބައްދަލުކުރަން. އެކި ނަންތައް އެބަ އާދޭރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އެމްޑީޕީ އާއެކު މިހާރުވެސް ސަރުކާރުގައި ހިމެނޭ އަދާލަތު ޕާޓީ ކޯލިޝަން ހަދާފައިވާއިރު އެމްޑީއޭވެސް ވަނީ އެމްޑީޕީއާއެކު ކޯލިޝަން ހަދާފައެވެ.
ރައީސް ވިދާޅުވީ އެ ކޯލިޝަނުގެ ތެރެއިން ރަނިން މޭޓެއް ކަނޑައެޅުއްވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.