Advertisement
ކ. މާލެ
|
18 ޖުލައި 2023 | އަންގާރަ 10:56
ފްލެޓް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގައި
ފްލެޓް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގައި
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ފްލެޓް ދޫކުރުން
އަމާޒަކީ ފްލެޓު ލިބުނު މީހުންގެ ލިސްޓު ޖުލައި ނިމުމުގެ ކުރިން އާންމުކުރުން: މިނިސްޓްރީ
ފްލެޓް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގައި
ލިސްޓު، މި މަސް ނިމުމުގެ ކުރިން ނެރެވޭތޯ ސަރުކާރުން މަސައްކަތް ކުރަމުންދޭ

މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދިނުމަށް ހިންގާ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު ޖުލައި މަސް ނިމުމުގެ ކުރިން އާންމު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފިއެވެ.

ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ގެދޮރުވެރިޔާގެ ޕްރޮގްރާމްގެ ދަށުން ފްލެޓްތަކަށް ކުރިމަތިލެއްވި ފަރާތްތަކުގެ ލިސްޓު، މި މަސް ނިމުމުގެ ކުރިން ނެރެވޭތޯ ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ.

ފްލެޓް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގައިކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފައިވެއެވެ.

Advertisement

ސަރުކާރު ކުންފުންޏެއް ކަމަށްވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ދަނީ, "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި 4،000 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެ ހުރިހާ ހައުސިންގ ޔުނިޓުތައް 2024ގައި ނިމޭނެކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.

އެ 4،000 ހައުސިން ޔުނިޓަކީ އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން އިމާރާތްކުރަމުންދާ ތަންތަނެވެ. އޭގެ ތެރެއިން 137 މިލިއަން ޑޮލަރަށް 2،000 ޔުނިޓު އަޅަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއިން ކަމަށާއި، 2،000 ޔުނިޓު އަޅަނީ އިންޑިއާގެ އެންބީސީސީ ކުންފުނިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. 17 ނުވަތަ 18 ބުރީގެ ޓަވަރުތަކެއްގެ ގޮތުގައި ޖުމުލަ 32 ޓަވަރު އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން ކޮންމެ ޓަވަރެއްގައި ހުންނާނީ 128 އެޕާޓުމަންޓެވެ. އޭގެ ތެރޭގައި، ދެ ކޮޓަރީގެ 1،200 އެޕާޓުމަންޓާއި ތިން ކޮޓަރީގެ 2،800 އެޕާޓުމަންޓު ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް