ކ. މާލެ
|
17 ޖުލައި 2023 | ހޯމަ 22:39
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު
އެމްޑީޕީ
އެމްޑީޕީގެ ކުރިމަގު
އެމްޑީޕީ ރޫޅައެއް ނުލެވޭނެ، އެމްޑީޕީ ދާނީ ކުރިޔަށް: ރައީސް
 
ޚިޔާލު ތަފާތުވާ ބައެއް ބޭފުޅުން ދުރަށް ވަޑައިގެންފައި އެނބުރި ވަޑައިގެންފައިވެސް އެބަތިއްބެވިކަމަށް ރައީސް ވިދާޅުވި
 
ރައީސް ވިދާޅުވީ އަބަދުވެސް އެމްޑީޕީއާ ބައެއް ބޭފުޅުން ވަކިވެވަޑައިގެންފައި ވާކަމަށް

އެމްޑީޕީ ރޫޅައެއް ނުލެވޭނެކަމަށާއި އެމްޑީޕީ ދާނީ ކުރިޔަށްކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މ އަދި ވ އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވާލައްވައި ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން، އެމްޑީޕީ ބައިބައިވެދާނެތޯ ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެމްޑީޕީ ބައިބައި ނުވާނެކަމަށެވެ. އަބަދުވެސް އެމްޑީޕީއާ ބައެއް ބޭފުޅުން ވަކިވެވަޑައިގެންފައި އެބަހުރިކަމަށެވެ. ލީޑަރޝިޕުންވެސް ބައެއް ފަރާތްތައް އަބަދުވެސް ދާކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް އަބަދުވެސް އެމްޑީޕީ އެސިޔާސަތުގެ ދަށުން ކުރިޔަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

އެސިޔާސަތުތަކާއެކު އަބަދުވެސް އަޅުގަނޑުމެން ދާނީ ކުރިޔަށް. ޚިޔާލު ތަފާތުވާ ބައެއް ބޭފުޅުން ދުރަށް ވަޑައިގެންފަ އެނބުރި ވަޑައިގެންފަވެސް އެބަތިއްބެވި. އެހެންވީމާ ޕާޓީއަކަށް، އެއްވެސް މީހަކު ވަކިވެގެންދިޔުމަކީ ލިބޭ ދެރައެއް. ނަމަވެސް ޕާޓީ ދާނީ ކުރިޔަށް. އިރާދަކުރެއްވިއްޔާ އެމްޑީޕީ ރޫޅައެއްނުލެވޭނެ. ހަމަ ޝައްކެއް އޮތް ކަމެއް ނޫން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ޑިމޮކްރަޓްސްއަށް ސޮއިކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީ ރޫޅާލާނެކަމަށެވެ. ނަޝީދުގެ އެވާހަކައަށް ރައީސް މިމޭރުމުން ރައްދު ދެއްވިއިރު އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވަނީ އެއީ ޒާތީ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް