ކ. މާލެ
|
17 ޖުލައި 2023 | ހޯމަ 20:56
ރައީސް ދިއްގަރަށް ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަނީ
ރައީސް ދިއްގަރަށް ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަނީ
އެމްޑީޕީ
ރައީސް މ އަދި ވ އަތޮޅަށް ކުރެއްވި ދަތުރުފުޅު
ރައީސުލްޖުމްހޫރިއްޔާ މ އަދި ވ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
 
ރައީސުލްޖުމްހޫރިއްޔާ މ އަދި ވ އަތޮޅަށް ދަތުރުފުޅު ފެއްޓެވީ ހޮނިހިރު ދުވަހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މ އަދި ވ އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މ އަދި ވ އަތޮޅަށް ކުރެއްވި ދަތުރުފުޅު ފެއްޓެވީ ހޮނިހިރު ދުވަހުއެވެ. މިދަތުރުފުޅުގައި ރައީސް ވަނީ މ އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލާއި 8 ކްލާސްރޫމް ހުޅުއްވައިދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ މ. ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ނިމުން ފާހަގަކުރައްވައި، އެރަށުގެ ފެނުގެ ނިޒާމު ރަސްމީގޮތުން ފައްޓަވައިދެއްވާފައެވެ. މީގެއިތުރުން މ. ނާލާފުށީ އައު އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައި ދެއްވައި، މ. މުލީ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި މ. މުލަކު ސިއްޙީ މަރުކަޒަށް އިތުރުކުރެވުނު އިމާރާތް ވަނީ ހުޅުއްވައިދެއްވާފައެވެ. މ. ދިއްގަރަށް ވަޑައިގެން، ސިއްހީ މަރުކަޒަށް އިތުރުކުރެވުނު އިމާރާތް ވަނީ ރަސްމީގޮތުން ހުޅުއްވައިދެއްވާފައެވެ.

ވ އަތޮޅަށް ވަޑައިގެން ވ. ރަކީދޫގައި މިސަރުކާރުން ތަރައްގީކުރި ބަނދަރު ހުޅުއްވައިދެއްވައި، ރަކީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ވަނީ ފާހަގަކޮށްދެއްވާފައެވެ. މީގެއިތުރުން ވ. ކެޔޮދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލު ރަސްމީކޮށް ވަނީ ހުޅުއްވައިދެއްވާފައެވެ. މީގެއިތުރުން ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރައްވައި، ވ. ތިނަދޫ އައު އިންޖީނުގެ އެމަނިކުފާނު ވަނީ ހުޅުއްވައިދެއްވާފައެވެ.

ދަތުރުފުޅު ނިންމަވާލައްވަމުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، 2018 ވަނަ އަހަރުގެ އިންތިޚާބާ އަޅާބަލާއިރު މ އަތޮޅުން ބަދަލުތަކެއް މިހާރު ފެނިވަޑައިގަންނަވާކަމަށެވެ. އެގޮތުން ކުރިއާ އަޅާބަލާއިރު މިހާރު ތާއީދު އޮތް މިންވަރު މ އަތޮޅުގައި ބޮޑުކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވ އަތޮޅުގައިވެސް ތާއީދު އެބައޮތްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކެމްޕެއިން ދަނީ ރަނގަޅު މިސްރާބަކަށްކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް