Advertisement
ކ. މާލެ
|
16 ޖުލައި 2023 | އާދީއްތަ 12:34
ރަތްމަންދޫ ކައުންސިލްގެ ރައީސް އަދި މެންބަރު ރައީސްގެ އަރިހުގައި
ރަތްމަންދޫ ކައުންސިލްގެ ރައީސް އަދި މެންބަރު ރައީސްގެ އަރިހުގައި
އެމްޑީޕީ
ރަތްމަންދޫ ކައުންސިލް
ރަތްމަންދޫ ކައުންސިލްގެ ރައީސް އެމްޑީޕީއަށް ސޮއިކުރައްވައިފި
ރަތްމަންދޫ ކައުންސިލްގެ ރައީސް އަކީ މިނިވަން މެންބަރެއްގެ ގޮތުގައި އިންތިހާބުވެފައިވާ ފަރާތެއް

ރަތްމަންދޫ ކައުންސިލްގެ ރައީސް އިސްމާއީލް ނާހިދު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

ރަތްމަންދޫ ކައުންސިލްގެ ރައީސް އެމްޑީޕީއަށް ސޮއިކުރައްވާފައިވަނީ މ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރަތްމަންދޫގައި ބޭއްވި ބައްދަލުވުމުގައެވެ. ރަތްމަންދޫ ކައުންސިލްގެ ރައީސަކީ މިނިވަން މެންބަރެއްގެ ގޮތުގައި އިންތިހާބުވެފައިވާ ފަރާތެކެވެ. މީގެ އިތުރުން މިނިވަން މެންބަރެއްގެ ގޮތުގައި އިންތިހާބުވެފައިވާ ކައުންސިލް މެންބަރު ފާތިމަތު ލިއުޝާ ވެސް ވަނީ އެމްޑީޕީއާ ގުޅިވަޑައިގަންނަވާފައެވެ.

ރަތްމަންދޫ ކައުންސިލް ރައީސް އަދި މެންބަރު އެމްޑީޕީއާއި ގުޅިވަޑައިގެން ފޯމް ހަވާލުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއެވެ.

Advertisement

ރަތްމަންދޫ ކައުންސިލްގައި މިހާރު ތިއްބަވަނީ އެމްޑީޕީގެ ދެ މެންބަރުންނާއި، މިނިވަން ދެ މެންބަރުންގެ އިތުރުން އިދިކޮޅު ޕީޕީއެމްގެ މެންބަރެކެވެ.

ރަތްމަންދޫއަކީ 118 ދިވެހިންނާއި، 52 ބިދޭސީއަކު ދިރިއުޅެމުން އަންނަ ރަށެކެވެ.

އެ ރަށަކީ "ރުއްގަލުބޭސް" ވެރިކަމަށް މުޅި ރާއްޖެއަށް މަޝްހޫރު ރަށެކެވެ. އެ ރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށް މައިގަނޑު ގޮތެއްގައި ކުރާ މަސައްކަތްތަކުގެ ތެރޭގައި މަސްވެރިކަމާއި ދަނޑުވެރިކަން ހިމެނެއެވެ. އަދި ދައުލަތުގެ އެކި މުއައްސަސާތަކާއި އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތަކުގެ ވަޒީފާގެ ފުރުޞަތު އެ ރަށުގައި ފަހިވެފައި އޮވެއެވެ. އެ ރަށުގެ ފާހަގަކޮށްލެވޭ ދުވަސްވީ ތަންތަނުގެ ތެރޭގައި، "ބަސީރު ޒިޔާރަތް" ހިމެނެއެވެ.

Advertisement

Advertisement
- ކޮމެންޓް