Advertisement
ކ. މާލެ
|
15 ޖުލައި 2023 | ހޮނިހިރު 19:46
މުލަކުން ރައީސް ސާލިހަށް މަރުހަބާ ދަންނަވަނީ
މުލަކުން ރައީސް ސާލިހަށް މަރުހަބާ ދަންނަވަނީ
އެމްޑީޕީ
ރައީސްގެ މ ދަތުރުފުޅު
ރައީސް ސާލިހަށް މުލަކުން ރަތް ދޫލައިގެ ހޫނު މަރުހަބާއެއް
މުލަކުން ތަފާތު ސަޕޯޓެއް ފެނިގެންދިޔަ

ކުރިއަށް އޮރް ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރެއްވުމުގެ ގޮތުން، މ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް މ. މުލަކުން ރަތް ދޫލައިގެ ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

އެމަނިކުފާނުގެ އަރިހުގައި، ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީއާއި އެމްޑީއޭގެ އިސް ބޭފުޅުންގެ އިތުރުން އެމްޑީޕީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައި ވެއެވެ. މ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މުލަކަށް މިއަދު ހަވީރު ވަޑައިގެންނެވުމާއެކު، މަލުގެ ގުލްދަސްތާއަކުން މަރުހަބާ ދަންނަވައި، ރަތް ދޫލައިގައި، ސަގާފީ ހަރަކާތާއެކު އެމަނިކުފާނަށް ވަނީ މަރުހަބާ ދަންނަވާފައެވެ.

Advertisement

އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށްޓަކައި ރަށުގެ ކުދި ބޮޑު ގިނަ އަދަދެއްގެ ބަޔަކު ބަނދަރަށް އެއްވިއިރު، މި ރަށް ވެގެން ދިޔައީ އެމަނިކުފާނަށް ސަޕޯޓްކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ފޯރިގަދަ ހަރަކާތްތަކެއް ދެއްކި ރަށަށެވެ. އެގޮތުން "އިބޫ އެއްބުރުން" ކިޔައި އަޑުއުފުލަމުން ދިޔައެވެ. މ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ؛ މ. ކޮޅުފުށި، މ. ނާލާފުށި އަދި މ. މުއްޔަށްވެސް ވަޑައިގެންފައެވެ. އަދި ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބައެއް މަޝްރޫއުތައް އިފްތިތާހުކޮށްދެއްވާފައި ވެއެވެ.

މ އަތޮޅުގެ އިތުރު ރަށްތަކަށް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު، މިރޭ މުލަކުގައި ކެމްޕޭން ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
- ކޮމެންޓް