މާފުށި މިއަދު ދެކެމުންދާ ތަރައްގީ މިގޮތަށް ގެނައުމަށް އެހެން ބޭފުޅަކަށް އެނގިވަޑައިނުގެންނެވިކަމަށާއި މިތަރައްގީ ގެންނަން އެނގިވަޑައިގެންނެވި ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުކަމަށް މާފުށީ ކައުންސިލުގެ ރައީސް ހަސަން ސޮލާހު ވިދާޅުވެއްޖެއެވެ.
މާފުށީގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ސޮލާހު ވިދާޅުވީ ރައީސް ޞާލިހު ތަރައްގީ އައު އުސްމިންތަކަކަށް ގެންދިޔުމަށް މަސައްކަތްކުރައްވާފައިވާކަމަށެވެ. އެގޮތުން ކައުންސިލުތަކަށް އައިއިރު މުސާރަ ޖަމާކުރަން ބޭނުންނަމަ ޖެހެނީ އެލްޖީއޭއަށް ދާންކަމަށާއި ނަމަވެސް މިއަދު އެގޮތް ބަދަލުވެގެން ގޮސްފައިވާކަމަށް ސޮލާހު ވިދާޅުވިއެވެ.
މިއަދު މުސާރަ ޖަމާކުރަން ބޭނުންނަމަ އެކަން މިހާރުވެސް ކުރެވޭނެކަމަށާއި އެކަމަށް ކައުންސިލުތަކަށް ބަޖެޓު ދޫކޮށްފައިވާކަމަށް ސޮލާހު ވިދާޅުވިއެވެ. އެ ކަން ކޮށްދެއްވަން ކެރިވަޑައިގެންނެވީ ރައީސް ޞާލިހު އަށްކަމަށް ސޮލާހު ވިދާޅުވިއެވެ.
މާފުށީ ކައުންސިލުގެ ބަޖެޓަކީ ކުރީގައި 6 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް ރައީސް ޞާލިހު ގެންނެވި ބަދަލުތަކާއެކު މިހާރު މާފުށީ ކައުންސިލުގެ ބަޖެޓަކީ 40 މިލިއަން ރުފިޔާކަމަށް ވެސް ސޮލާހު ވިދާޅުވިއެވެ.
މިއަދު އެކަމަކު މިހުރި ރައީސް ދިނީތީ ރަށުގައި އޮތް ބިމެއްވިއްޔާ ބަޖެޓަށް ވައްދާށޭ. އެދޫކޮށްލީ އަޅުގަނޑުމެންނަށް އާމްދަނީ ހޯދޭނެ ގޮތް. އަޅުގަނޑުމެން އަމިއްލައަށް ތެދުވެފައި މިހާރު ހުރީ. އަޅުގަނޑުމެންގެ ބަޖެޓަކީ އޭރު 6 މިލިއަން ވިއްޔާ މިހާރު 40 މިލިއަން. ސަރުކާރު ގްރާންޓް ދޭ 15 މިލިއަންގެ އިތުރުން އަޅުގަނޑުމެންނަށް އިތުރު 35 މިލިއަން ލިބޭ. އެހެންވީމާ އެ ބަޖެޓުން ސްކޫލްގެ ދޮރެއް ހަލާކުވީމާ އެކަން ކުރެވޭ. ހެލްތު ސެންޓަރު އޭސީ ކުރަންވީމަ އެބަޖެޓުން ކޮށްދެވޭ. އެއީ އެބުނާ އައު އުސްމިނަކީ. މިތަރައްގީ އެހެން ބޭފުޅަކަށް ނޭންގެނު ގެންނާކަށް. މިތަރައްގީ ގެންނަން އެނގުނީ އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓަށް.މާފުށީ ކައުންސިލުގެ ރައީސް ހަސަން ސޮލާހު
ތަރައްގީގެ މަސައްކަތްތައް ކުރިޔަށްދާލެއް ލަސްކަމަށް ބައެއް ފަރާތްތަކުން ބުނިކަމަށާއި މާފުށި ކައިރީގައި އޮތް ރަށްވެސް ނުހިއްކޭނެކަމަށް އެތައް ފަހަރަކު މީހުން ބުނިކަމަށް ސޮލާހު ވިދާޅުވިއެވެ. ނަމަވެސް މިއަދު ބިން އޮތީ ހިއްކާފައިކަމަށާއި ބިމުން ވަރަށް އަވަހަށް ގޯތި ދޫކުރާނެކަމަށް ސޮލާހު ވިދާޅުވިއެވެ.
ގޯތި ދޭނެ ލިސްޓު އޮތީ ތައްޔާރުވެފައިކަމަށާއި ހިއްކާ ސަރަހައްދުގެ ބިމުގެ ޕްލޭންވެސް ނިމިފައިކަމަށް ސޮލާހު ވިދާޅުވިއެވެ. ކަންކަން ލަސްވީ ޕްލޭން ހެދުމުގެ މަސައްކަތަށްކަމަށާއި އެކަމަކީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއެކު ނޫނީ ނުކުރެވޭނެކަމެއްކަމަށް ސޮލާހު ވިދާޅުވިއެވެ.
ދެން ބްރިޖް ނޭޅޭތީ ލަސްވެގެން ވަރަށް ގިނަ މީހުން ބުނި މާފުއްޓެއް ނުހިއްކޭނޭ. މާފުށްޓެއް ނުގުޅޭނެ. އެއޮތީ ދެ ދުވަސްތެރޭ ގުޅުވާފައި. އެގޮތަށް ކުރަން ބޭނުންވެގެން އަޅުގަނޑުމެން ހުރީ. އަޅުގަނޑުމެން ބޭނުންވީ ބްރިޖުން ދާން. އެހެންވީމާ އަޅުގަނޑުމެން ބްރިޖުގައި ގޮސް އެރަށަށް އަރާނަން. ބްރިޖުގައި ގޮސް ގޯތިދޭނަން. ހުރިހާ ރައްޔިތުން މިލިއަނަރުންނަށް ހަދާނަން މާފުށީގެ.މާފުށީ ކައުންސިލުގެ ރައީސް ހަސަން ސޮލާހު
ސޮލާހު ވިދާޅުވީ ރައީސް ޞާލިހު ތަރައްގީގެ ވާހަކަ ދައްކަވަނީ ތޯތޯ އަކަށް ނޫންކަމަށެވެ. އެ ތަރައްގީ ގެންނަވާނެކަމަށް ސޮލާހު ވިދާޅުވިއެވެ.