ކ. މާލެ
|
12 ޖުލައި 2023 | ބުދަ 18:55
އެއްބަސްވުމުގައި ސޮއިކުރުން
އެއްބަސްވުމުގައި ސޮއިކުރުން
ޕޮލިސް މީޑިޔާ
ރޯޑް ސޭފްޓީ ޕާާޓްނަރުން
ރޯޑް ސޭފްޓީ ޕާާޓްނަރުންގެ ގޮތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ތިން ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި
އެއްބަސްވުމުގެ ދަށުން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވޭ

ދިވެހި ފުލުހުންގެ ޚިދުމަތުގެ، ރޯޑް ސޭފްޓީ އެވެއަރނެސް އެންޑް ޕްރިވެންޝަނުން މި އަހަރު ކުރިއަށް ގެންދާ ''ރައްކާ ކެމްޕެއިން'' ޕްރޮގްރާމް ކުރިއަށްގެންދިއުމަށްޓަކައި ތިން ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ޚިދުމަތާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ސިލްވަރ ޕާޓްނަރ އެލައިޑް އިންޝުއަރެންސް ކޮމްޕެނީއާއި، ޝީޝާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، އަދި ޓިޖިޓަލް ޕާޓްނަރ އުރީދޫ މޯލްޑިވްސްއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދުއެވެ. އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު އިބްރާހީމް ފިރުޝާންއެވެ. ޝީޝާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އޮޕަރޭޝަންސް އެންޑް މާކެޓިންގ މެނޭޖަރ ފާތިމަތު ޖުމާންއެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމަރޝަލް އޮފިސަރ އޮފް މޯލްޑިވްސް ހުސައިން ނިޔާޒެވެ.

މި ރަސްމިއްޔާތުގައި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދު، ރޯޑް ޕޮލިސްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު އަދި ސެންޓްރަލް ޕޮލިސިންގ ކޮމާންޑާއި އޮޕަރޭޝަނަލް ސަޕޯޓް ކޮމާންޑުގެ ވިންގުތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް