Advertisement
ކ. މާލެ
|
12 ޖުލައި 2023 | ބުދަ 13:53
މިފަހަރު ހުޅުވާލެވުނު 23 ޕްލޮޓަށް 190 ފަރާތަކުން ވަނީ ފޯމު ހުށަހަޅާފައި
މިފަހަރު ހުޅުވާލެވުނު 23 ޕްލޮޓަށް 190 ފަރާތަކުން ވަނީ ފޯމު ހުށަހަޅާފައި
އަރބަންކޯ
ގަރާޖުތައް ހުޅުމާލެ ބަދަލު ކުރުން
މާލޭގައި ހިންގާ ގަރާޖުތައް ހުޅުމާލެއަށް ބަދަލު ކުރުމަށް، 23 ޕްލޮޓަށް ހޮވިފައިވާ ފަރާތްތަކުގެ ގުރު ނަގައިފި
މަޢުލޫމާތުތައް ސައްހަ ކުރުމަށް ގަރާޖުތަކަށް ޒިޔާރަތްކޮށް ސާވޭއެއް ކުރިއަށް ގެންގޮސްފައިވޭ
މިފަހަރު ހުޅުވާލެވުނު 23 ޕްލޮޓަށް 190 ފަރާތަކުން ވަނީ ފޯމު ހުށަހަޅާފައި
ތޮށްޖެހިފައިވާ ނުވަތަ އާއްމުން ދިރިއުޅޭ ގެތަކާއި ކައިރީގައި ހިންގޭ ގަރާޖުތައް ވަނީ ބަލާފައި

މާލޭގައި ހިންގާ ގަރާޖުތައް ހުޅުމާލެއަށް ބަދަލު ކުރުމަށް، 23 ޕްލޮޓަށް ހޮވިފައިވާ ފަރާތްތަކުގެ ގުރު އާބަންކޯއިން ނަގައިފިއެވެ.

މާލޭގެ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ގަރާޖުތައް ހިންގާ ފަރާތްތަކަށް އެ މަސައްކަތަށް ބޭނުންވާނެ ބިން ކަނޑައަޅާ 23 ޕްލޮޓެއް އެ ކޯޕަރޭޝަންގެ ފަރާތުން ހުޅުވާލިއެވެ.

އާބަންކޯއިން މައުލޫމާތު ދޭ ގޮތުގައި މިކަން ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މިފަދަ މަސައްކަތް ކުރާ ތަންތަން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށް، ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމެވެ.

މިފަހަރު ހުޅުވާލެވުނު 23 ޕްލޮޓަށް 190 ފަރާތަކުން ވަނީ ފޯމު ހުށަހަޅާފައެވެ.

Advertisement

23 ޕްލޮޓުގެ ހައްޤުވެރިން ކަނޑައެޅުމުގައި އެ ކޯޕަރޭޝަންގެ ފަރާތުން ވަނީ ހުށަހަޅާފައިވާ ފޯމުތަކުގައިވާ މަޢުލޫމާތުތައް ސައްހަ ކުރުމަށް ގަރާޖުތަކަށް ޒިޔާރަތްކޮށް ސާވޭއެއް ކުރިއަށް ގެންގޮސްފައެވެ.

އާބަންކޯއިން މައުލޫމާތު ދޭ ގޮތުގައި މި ސާވޭއިން ތޮށްޖެހިފައިވާ ނުވަތަ އާއްމުން ދިރިއުޅޭ ގެތަކާއި ކައިރީގައި ހިންގޭ ގަރާޖުތައް ވަނީ ބަލާފައެވެ. އަދި މީ ގެތެރެއިން މިފަހަރު ހާއްސަކަމެއް ދީފައިވަނީ ހަތަރު ފުރޮޅުލީ ވެހިކަލްތައް ސާވިސް ކުރާ ގަރާޖުތަކަށެވެ.

މި ފަހަރު ހުޅުވާލެވުނު ފުރުސަތުގައި ދިނުމަށް ހަމަޖެހިފައިވާ ޕްލޮޓްތަކުގެ ބޮޑުމިނުގައި 1297 އަކަފޫޓުން ފަށައިގެން 1447 އަކަފޫޓު ހުންނާނެކަމަށްވެސް އާބަންކޯއިން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން، މިފަހަރު ލިބުނު ތަރުހީބަށް ބަލާ، މާލޭގައި ގަރާޖުތައް ހިންގުމަށް ހުރި ދަތިތަކާއި، ހުރި ނުރައްކާތަކަށް ހައްލެއް ހޯދައިދިނުމަށް އިތުރު ޕްލޮޓުތައް ވެސް ހުޅުވާލުމަށް ހަމަޖެހިފައިވާކަމަށް އާބަންކޯއިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް