ކ. މާލެ
|
10 ޖުލައި 2023 | ހޯމަ 06:35
ރައީސުލްޖުމްހޫރިއްޔާ ށ.އަތޮޅު ކެމްޕެއިން ދަތުރުފުޅު ނިންމަވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާ ށ.އަތޮޅު ކެމްޕެއިން ދަތުރުފުޅު ނިންމަވާލައްވައިފި
އެމްޑީޕީ
ރައީސް ށ.އަތޮޅަށް ކުރެއްވި ދަތުރުފުޅު
ރައީސުލްޖުމްހޫރިއްޔާ ށ.އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ރައީސްގެ ދަތުރުފުޅުގެ ތެރެއިން ށ. ފޯކައިދޫގެ ފެނާއި ނަރުދަމާ އާއި ބަނދަރު، އަދި އެ ރަށުގެ ސިއްހީ މަރުކަޒާއި ފޯކައިދޫގެ ފުޓްބޯޅަ ދަނޑު ހުޅުއްވައިދެއްވި
ރައީސް ވަނީ އެ ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ބޭނުންވާ ކަންކަމުގެ އަޑު އައްސަވާފައި
އެ ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންނެވީ ރޭ ދަންވަރު 03:30 ހާއިރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ށ.އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ކޭމްޕޭނަށް ކުރެއްވި މި ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންނެވީ ރޭ ދަންވަރު 03:30 ހާއިރެވެ.

އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެ މަނިކުފާނު ފެއްޓެވި މި ދަތުރުފުޅުގެ ތެރެއިން ވަޑައިގަންނަވާފައި ވަނީ ށ. ކޮމަންޑޫއާއި ށ. މަރޮއްޓާއި ނޫމަރާގެ އިތުރުން ފޯކައިދޫއަށެވެ.

އެ ރަށްރަށުން ރައީސް އަށް ވަނީ ވަރަށް ހޫނު މަރުޙަބާ އެއް ދަންނަވާފައެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގައި ނިމިފައިވާ ބައެއް މަޝްރޫޢުތައް އިފްތިތާޙުކޮށްދެއްވާފައިވެއެވެ.

އެގޮތުން ށ. ފޯކައިދޫގެ ފެނާއި ނަރުދަމާ އާއި ބަނދަރާއި އަދި އެ ރަށުގެ ސިއްހީ މަރުކަޒާއި ފޯކައިދޫގެ ފުޓްބޯޅަ ދަނޑު ހުޅުއްވައިދެއްވިއެވެ.

އަދި ރައީސް ވަނީ އެ ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ބޭނުންވާ ކަންކަމުގެ އަޑު އައްސަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް