Advertisement
ކ. މާލެ
|
9 ޖުލައި 2023 | އާދީއްތަ 16:01
ރައީސް ށ. ނޫމަރާގައި ކަންމަތީ ޖަލްސާގައި ވާހަކަފުޅުދައްވަނީ
ރައީސް ށ. ނޫމަރާގައި ކަންމަތީ ޖަލްސާގައި ވާހަކަފުޅުދައްވަނީ
އެމްޑީޕީ
ރައީސް ނޫމަރާއަށް ވަޑައިގަތުން
އެމްޑީޕީން އެންމެ މުހިންމު ކަމަކަށް ކުރި ކަމަކީ މިނިވަންކަމާއެކު ޝަރީއަތް ހިންގާނެ މަގު ތަނަވަސްކޮށްދިނުން: ރައީސް
މިއީ ނޫމަރާ ރައްޔިތުންނާ ބައްދަލުވެވަޑައިގަތް ފުރަތަމަ ފަހަރު
އެމްޑީޕީން އަބަދުވެސް އިންސާފަށް ލޯބިކުރޭ

އެމްޑީޕީން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރި ކަމަކީ، މިނިވަންކަމާއެކު ޝަރީއަތްތައް ހިންގައި، ހުކުމްކުރުމުގެ ބާރާއި އިޚްތިޔާރު ހޯދައިދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ށ. ނޫމަރާއަށް ވަޑައިގެން ރައީސް ވިދާޅުވީ، މިއީ ނޫމަރާގެ ރައްޔިތުންނާ ބައްދަލުކުރައްވަން ލިބިވަޑައިގަތް ފުރަތަމަ ފަހަރު ކަމަށެވެ. އަދި ރަށުގެ ރައްޔިތުން ރައީސަށް ދެންނެވި ހޫނު މަރުހަބާއަށްޓަކައި ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެ ކުރީގެ އަހަރުތަކުގައި ރާއްޖޭގައި އޮތް އަނިޔާވެރިކަމާއި ހަލަބޮލިކަމުން ރާއްޖެ ސަލާމަތްކުރަން މި ސަރުކާރުން މަސައްކަތްކުރި ކަމަށާއި، މިއަދު ދެކޭ ހަމަޖެހުމާއި އަމާންކަމަކީ އެކަމުގެ ފޮނި ނަތީޖާކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

2018 ވަނަ އަހަރު ނޫމަރާގެ ރައްޔިތުން ރައީސަށް ބޮޑު އަޣުލަބިއްޔަތަކުން ވޯޓް ދެއްވިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ރަށަކީ އެހެން ސަރުކާރުތަކުން އެންމެ ބޮޑަށް ބާކީކުރި ރަށްކަމަށާއި، މި ރަށަށް އަރައި ފޭބޭނެ މަގު ތަނަވަސް ކޮށްދިނީ މި ސަރުކާރުން ކަމަށް ވިދާޅުވިއެވެ.

ނޫމަރާ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ނޫމަރާގެ ރައްޔިތުން ރައީސަށް ވޯޓް ދެއްވާނެކަމާމެދު ޝައްކެއް ނެތް ކަމަށެވެ. މިއަދު ގައުމަށް ހެޔޮއެދޭ ދެ ޕާޓީތައް އެބަހުރި ކަމަށާއި، އެއީ އަދާލަތު ޕާޓީއާއި އެމްޑީއޭކަމަށް ވިދާޅުވިއެވެ.

ނޫމަރާގެ ބަނދަރު ހެދިގެންދާއިރު، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ނޫމަރާ ސްކޫލްގައި އެއް ދަންފަޅިއަށް ކިޔަވައިދެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
- ކޮމެންޓް