ކ. މާލެ
|
9 ޖުލައި 2023 | އާދީއްތަ 12:42
ރައީސް ސާލިޙު ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅު - މަރޮއްޓަށް އަށް ވަޑައިގަތުން
ރައީސް ސާލިޙު ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅު - މަރޮއްޓަށް އަށް ވަޑައިގަތުން
އެމްޑީޕީ
ރައީސް މަރޮއްޓަށް ވަޑައިގަތުން
ކޯލިޝަންގައި ހިމެނޭ މެންބަރުންގެ އަދަދު 90،000ށް އިތުރުކުރާނަން: ރައީސް
ކުރިއަތް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ކުރައްވާނަން

ކޯލިޝަންގެ މެންބަރުންގެ އަދަދު 90000ށް އިތުރު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ށ. މަރޮއްޓަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަތް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ 50 ހައުސިންގ ޔުނިޓް ރައްޔިތުންނަށް އަޅައިދެއްވާނެ ކަމަށެވެ. އަދި ރައީސް ވިދާޅުވީ ރަށުގައި 24 ގަޑިއިރަށް ހިދުމަތް ދެވޭނެ އިންތިޒާމު ހަމަޖައްސަވާ، ރަށުގެ މަގު ހެދުމުގެ މަޝްރޫއު ވެސް ފައްޓަވާނެ ކަމަށެވެ.

މަރޮށީން ފެނިގެން ދިޔަ މަންޒަރަކީ މީގެ ކުރިން ނުފެންނަ މަންޒަރެއް ކަމަށާއި ރަށުގެ ގިނަ ބަޔަކު ނުކުމެ ހޫނު މަރުހަބާއެއް ދެންނެވިކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ފެށުނީއްސުރެން މަރޮށީގެ ރައްޔިތުންނަކީ ވަރަށް އިސް ސަފުގައި މަސައްކަތްކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. މި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖެއަށް އަމާންކަމާ ހަމަޖެހުން ދެމެހެއްޓުނީ ރައްޔިތުންގެ އެއްބާރުލުމުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށާއި އެކަމުގެ މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށުގެ ބަނދަރުގެ މަސައްކަތް ނިމިގެންދާއިރު ރާއްޖޭގައި އޮތް އެންމެ ފުރިހަމަ ބަނދަރަށް ވެގެންދާނެ ކަމަށެވެ.

އެ ރަށުގެ ރައްޔިތުންނަކީ އަބަދުވެސް ހަމަޖެހުމަށް ލޯބި ކުރާ ބައެއް ކަމަށާއި ރައްޔިތުންގެ ވިސްނުން ހުރި ގޮތް ދައްކަނީ ވޯޓުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވާއިރު މިއީ މިހާތަނަށް ރާއްޖޭގައި ރިޔާސީ އިންތިޚާބަށް ނުކުންނަ މެމްބަރޝިޕް އެންމެ ބޮޑު ކޯލިޝަން ކަމަށް ވެސް ރައީސް ވަނީ ހޮނިހިރު ދުވަހު ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ކޯލިޝަންގައި 77،700 މެންބަރުން މިހާރު އެބަ ތިބި ކަމަށާއި އެއީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މެންބަރުންގެ ޖުމްލަ އަދަދު ކަމަށެވެ.

އަންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީން ވަނީ އަދާލަތު ޕާޓީ އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއެކު ކޯލިޝަން ހަދާފައެވެ.

- ކޮމެންޓް