Advertisement
ކ. މާލެ
|
8 ޖުލައި 2023 | ހޮނިހިރު 17:52
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް
ރައީސް އޮފީސް
ރިޔާސީ އިންތިޚާބު
މިއީ މިހާތަނަށް ރާއްޖޭގައި ރިޔާސީ އިންތިޚާބަށް ނިކުންނަ، މެމްބަރޝިޕް އެންމެ ބޮޑު ކޯލިޝަން: ރައީސް
ކޯލިޝަންގައި 77،700 މެމްބަރުން މިހާރު އެބަ ތިބި

މިއީ މިހާތަނަށް ރާއްޖޭގައި ރިޔާސީ އިންތިޚާބަށް ނިކުންނަ މެމްބަރޝިޕް އެންމެ ބޮޑު ކޯލިޝަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ތައްޔާރުވުމުގެ ގޮތުން މިއަދު އިއްޒުއްދީން ސްކޫލް ހޯލުގައި ބޭއްވި މޯޓިވޭޝަނަލް ސެޝަން އަށްފަހު ރައީސް ވިދާޅުވީ ކޯލިޝަންގައި 77،700 މެމްބަރުން މިހާރު އެބަ ތިބި ކަމަށާއި އެއީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މެމްބަރުންގެ ޖުމްލަ އަދަދު ކަމަށެވެ.

އަންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީން ވަނީ އަދާލަތު ޕާޓީ އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއެކު ކޯލިޝަން ހަދާފައެވެ.

ކޯލިޝަން އެކުގައި މަސައްކަތްކޮށްގެން އިންތިޚާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މާޒީގައި ކަން ވެފައި އޮތްގޮތަށް ބަލާ، ކޮންމެ މީހަކު އިތުރު ވޯޓެއް ހޯދިޔަސް އިންތިޚާބު ކާމިޔާބުވާނެކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވާއިރު އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އަދިވެސް އެންމެ ގިނަ މެމްބަރުން ތިބީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައި ކަމަށް ތަފާސް ހިސާބުތަކުން އެނގެއެވެ.

Advertisement

އިލެކްޝަންސް ކޮމިޝަނުން ވަނީ ޖޫން މަހުގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ތިބި މެމްބަރުންގެ އަދަދު އަންގާރަ ދުވަހު އާއްމުކޮށްފައެވެ. އެ އަދަދުތަކުން ދައްކާ ގޮތުން ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގައި 58،035 މެމްބަރުން ވަނީ ރަޖިސްޓްރީ ކޮށްފައެވެ. ފެބްރުއަރީ މަހާ ހަމައަށް އެ ޕާޓީގައި ރަޖިސްޓްރީ ކޮށްފައި ވަނީ 57،660 މެމްބަރުންނެވެ.

ޖޫން މަހުގެ ނިޔަލަށް އެމްޑީޕީގައި ރަޖިސްޓްރީވެފައިވާ މެމްބަރުންގެ އަދަދު އިތުރުވެފައިވާއިރު އެ ޕާޓީއަށް ނިސްބަތްވާ ބައެއް މަޖިލިސް މެމްބަރުންނާއި އާއްމު މެމްބަރުންތަކެއް ވެސް ވަނީ ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ޕާޓީން ވަކިވެފައެވެ. ނަމަވެސް ހަމަ އެ ދުވަސްކޮޅުގެ ތެރޭގައި ބައެއް ކައުންސިލްތަކުގެ މެމްބަރުންނާއި މަޖިލިސް މެމްބަރުން ހިމެނޭހެން ގިނަ ބަޔަކު ވަނީ އެ ޕާޓީއާ ގުޅިފައެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނަ މެމްބަރުން ތިބީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގައެވެ. އެ ޕާޓީގައި ޖޫން މަހުގެ ނިޔަލަށް 22،705 މެމްބަރުން ރަޖިސްޓްރީކޮށްފައިވާއިރު އެ ޕާޓީއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގައި ތިބީ 3،139 މެމްބަރުންނެވެ.

މީގެ އިތުރުން ޖޫން މަހުގެ ނިޔަލަށް ޖުމްހޫރީ ޕާޓީގައި 22،705 މެމްބަރުން ތިބިއިރު އަދާލަތު ޕާޓީގައި 9،595 މެމްބަރުން، އެމްޑީއޭގައި 10،227 މެމްބަރުން، އެމްޓީޑީގައި 3،014 މެމްބަރުން އަދި އެމްއެންޕީގައި 9،729 މެމްބަރުން ވަނީ ރަޖިސްޓްރީކޮށްފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް