Advertisement
ކ. މާލެ
|
8 ޖުލައި 2023 | ހޮނިހިރު 09:45
ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސާލިހު
ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސާލިހު
ރައީސް އޮފީސް
ލިޔުންތެރިންގެ ދުވަސް
ދިވެހި ބަހުގެ ލިޔުންތައް އިތުރުކުރުމަށް ރައީސް އިލްތިމާސް ކުރައްވައިފި
ކުޑަކުދިންނާއި ޒުވާނުން ދިވެހި ބަހަށް ޝައުގުވެރި ކުރުވުމަށްވެސް ރައީސް ވަނީ އިލްތިމާސް ކުރައްވާފައި
ދިވެހި ބަސް ދިރުވައި އާލާކުރުމަށްޓަކައި، ދިވެހި ބަހުގެ ލިޔުންތައް އިތުރުކުރުމަށް އިލްތިމާސްކުރެއްވި
ފުރަތަމަ މި ދުވަސް ފާހަގަކޮށްފައިވަނީ 1933 ވަނަ އަހަރުގެ ޖުލައި 8 ވަނަ ދުވަހު

ދިވެހި ބަހުގެ ލިޔުންތައް އިތުރުކުރުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އިލްތިމާސް ކުރައްވައިފިއެވެ.

ހޮނިހިރު ދުވަހު ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހި ލިޔުންތެރިންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ ލިޔުންތެރިންނަށް ފޮނުއްވާކަމަށެވެ.

Advertisement

ރައީސް ވަނީ ދިވެހީންގެ އަދަބީ ތަރިކަ ރައްކާތެރިކޮށް ދިވެހި ބަސް ދިރުވައި އާލާކުރުމަށްޓަކައި، ދިވެހި ބަހުގެ ލިޔުންތައް އިތުރުކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

އޭގެ އިތުރުން، ކުޑަކުދިންނާއި ޒުވާނުން ދިވެހި ބަހަށް ޝައުގުވެރި ކުރުވުމަށްވެސް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ މިނިވަންކަން ރާއްޖޭގައި ގާނޫނީގޮތުން އާންމުކޮށް ލިބުނީ މީގެ 22 ޑިސެމްބަރު 1932ގައި ފާސްކުރި ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީގެ މާއްދާ 12 އަދި 13 އިންނެވެ. ނަމަވެސް ގާނޫނީ މިނިވަންކަން ލިބިގެން ރާއްޖޭގައި ނޫސްވެރިކަމާއި ލިޔުންތެރިކަން ފަށާފައިވަނީ 1933ގައެވެ.

މި ގާނޫނާއެކު، އޭގެކުރިން އެފަދަ ނޫސްވެރިކަމުގެ މިނިވަންކަމެއް އަދި ލިޔުންތެރިކަމުގެ މިނިވަންކަމެއްވެސް އާންމުކޮށް ލިބިފައިނުވާ ރާއްޖޭގައި ނޫސްމަޖައްލާއެއް އުފެދި، ރާއްޖޭގެ ލިޔުންތެރިންގެ ދުވަސް ފާހަގަކުރަން ފެށުނެވެ. އެއީ "އަލްއިސްލާހު" ނެރެން ފެށުނު ދުވަސް ކަމަށްވާ 1933 ވަނަ އަހަރުގެ ޖުލައި 8 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް