ކ. މާލެ
|
6 ޖުލައި 2023 | ބުރާސްފަތި 18:49
މެންބަރު ޒަރީރު އަވަހާރަކޮށްލަން އުޅުނު މީހާ
މެންބަރު ޒަރީރު އަވަހާރަކޮށްލަން އުޅުނު މީހާ
މެންބަރު ޒަރީރު އަވަހާރަކޮށްލަން އުޅުނު މައްސަލަ
މެންބަރު ޒަރީރު އަވަހާރަކޮށްލަން އުޅުނު މީހާ ޖަލު ބަންދުން މިނިވަންކޮށްފި
މި މައްސަލާގައި ގައްބަރޭ ނުފެނިގެން ހޯދަމުން ދަނިކޮށް އޭނާ ފުލުހުންނާ ހަވާލުވީ އަމިއްލައަށް
މެންބަރު ޒަރީރަށް ހަމަލާ ދިނީ މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު
އޭނާ ދޫކޮށްލީ ބުރާސްފަތި ދުވަހު

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު އަވަހާރަކޮށްލަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ އިބްރާހީމް އަބްދުﷲ (ގައްބަރޭ) ޖަލު ބަންދުގައި ހުއްޓާ ކޯޓުން އޭނާ މިނިވަންކޮށްފިއެވެ،

އޭނާ މިނިވަންކޮށްފައި ވަނީ ބުރާސްފަތި ދުވަހުއެވެ. އުމުރުން 32 އަހަރުގެ ގައްބަރޭ ދޫކޮށްލި ސަބަބު މިހާތަނަށް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އެކަމަކު އޭނާއަކީ ނުރައްކާތެރި މާރާމާރީ ހިންގުމުގެ ރެކޯޑު އޮންނަ މީހެކެވެ.

މެންބަރު ޒަރީރަށް ހަމަލާދިނީ މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހުއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މެންބަރު ޒަރީރަށް ހަމަލާ ދީފައިވަނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވިދާނެ އެއްޗެއް ބޭނުންކޮށްގެނެވެ. އަދި އޭނާއަށް ހަމަލާ ދީފައިވަނީ ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށެވެ.

މި މައްސަލާގައި ގައްބަރޭ ނުފެނިގެން ހޯދަމުން ދަނިކޮށް އޭނާ ފުލުހުންނާ ހަވާލުވީ އަމިއްލައަށެވެ.

އޭނާ ހޯދަމުން އައީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުުނުކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށް ޓަކައި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް