ކ. މާލެ
|
6 ޖުލައި 2023 | ބުރާސްފަތި 08:46
ޝަހީދު ހުސެއިން އާދަމް ބިލްޑިން
ޝަހީދު ހުސެއިން އާދަމް ބިލްޑިން
ޕޮލިސް މީޑިޔާ
ގެވެށި އަނިޔާ
އަންހެން ފުލުހަކަށް ގެވެށި އަނިޔާކުރި މައްސަލައެއް ބަލަނީ
ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭޏްޑަޑްސް ކޮމާންޑުން ގެންދަނީ ތަހުގީގެއް ހިންގަމުން

އަންހެން ފުލުހަކަށް ގެވެށިއަނިޔާކުރި މައްސަލައެއް ފުލުހުންގެ އިދާރާއިން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރުމުގެ ތެރެއިން ލިބިފައިވާ މައުލޫމާތުގެ އަލީގައި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭޏްޑަޑްސް ކޮމާންޑުން ގެންދަނީ ތަހުގީގެއް ހިންގަމުން ކަމަށެވެ.

މި ކޭސްއާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ފުލުހުން އިތުރަށް ބުނީ ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައެއްގެ ހަގީގަތް އޮޅުވާލަން، ތަހުގީގުގެ ތެރެއިން އުޅޭކަމަށް ބަޔާންކޮށް ދިޔަރެސް ނޫހުން ޝާއިއުކޮށްފައިވާ ޚަބަރަކީ، އެއްވެސް ހަގީގަތެއް އޭގައި އެކުލެވިގެންވާ ޚަބަރެއް ނޫން ކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންގެ ޕްރޮފެޝަނަލް ކޮންޑަކްޓު ކަށަވަރުމުރުމަށް ގާނޫނުތަކުން ތަފާތު އިންތިޒާމުތައް ހަމަޖެހިފައިވާ ހިނދު، އެނިޒާމުތަކާ މެދު ރައްޔިތުންގެ އިތުބާރުގެއްލޭގޮތަށް، ޒިންމާދާރުކަމެއް ނެތި އަދި މައުލޫމާތުގެ ސައްހަކަން ކަށަވަރުނުކޮށް މިފަދަ ހައްސާސް ކަންކަމުގައި ހަގީގަތާ ހިލާފު މައުލޫމާތު ހާމަކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް