ކ. މާލެ
|
6 ޖުލައި 2023 | ބުރާސްފަތި 07:11
އއ. ހިމަންދޫ ސިއްހީ މަރުކަޒަށް އިތުރުކުރާ އިމާރާތް ހެދުމާއި ވަށާފާރު ރޭނުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
އއ. ހިމަންދޫ ސިއްހީ މަރުކަޒަށް އިތުރުކުރާ އިމާރާތް ހެދުމާއި ވަށާފާރު ރޭނުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
ހެލްތު މިނިސްޓްރީ
ސިއްހީ މަރުކަޒަށް އިތުރުކުރާ އިމާރާތް
ތިން ރަށެއްގެ ސިއްހީ މަރުކަޒަށް އިތުރުކުރާ އިމާރާތް އެޅުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި
 
ސޮއިކޮށްފައިވަނީ ކ.ހިންމަފުއްޓާއި އއ ހިމަންދޫ އަދި ދ މީދޫގެ ސިއްހީ މަރުކަޒަށް އިތުރުކުރާ އިމާރާތްކުރުމުގެ އެއްބަސްވުންތަކުގައި

ތިން ރަށެއްގެ ސިއްހީ މަރުކަޒަށް އިތުރުކުރާ އިމާރާތް އެޅުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

އެގޮތުން ސޮއިކޮށްފައިވަނީ ކ. ހިންމަފުއްޓާއި އއ. ހިމަންދޫ އަދި ދ. މީދޫގެ ސިއްހީ މަރުކަޒަށް އިތުރުކުރާ އިމާރާތްކުރުމުގެ އެއްބަސްވުންތަކުގައެވެ.

ހިންމަފުށި ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން (އޮފީސް ބިލްޑިންގ) އިމާރާތް ހެދުމުގެ މަސައްކަތް ކުރުމަށް ހަވާލުކުރީ ޔުނީކް ޗޮއިސް ޕްރައިވެޓް ލިމިޓެޑާއެވެ. މިމަސައްކަތުގެ ޖުމްލަ އަގަކީ 4,471,402.77ރ (ހަތަރު މިލިއަން ހަތަރުލައްކަ ހަތްދިހަ އެއްހާސް ހަތަރު ސަތޭކަ ދެރުފިޔާ ހަތްދިހަ ހަތްލާރި) އެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ 150 ދުވަސް ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

އއ. ހިމަންދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހެދުމާއި، ވަށާފާރު ރޭނުމުގެ މަސައްކަތްކުރުމަށް ހަވާލުކޮށްފައިވަނީ ސަމާލް ކޮންސްޓްރަކްޝަނާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 160 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިއީ  4,904,266.28ރ (ހަތަރު މިލިއަން ނުވަލައްކަ ހަތަރުހާސް ދުއިސައްތަ ފަސްދޮޅަސް ހަ ރުފިޔާ އަށާވީސް ލާރި) ގެ މަޝްރޫޢެކެވެ.

ދ. މީދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތާއި ވަށާފާރު ރޭނުމުގެ މަސައްކަތްތައް ކުރުމަށް ހަވާލުކުރީ ސަމާލް ކޮންސްޓްރަކްޝަން އާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް