ކ. މާލެ
|
5 ޖުލައި 2023 | ބުދަ 21:32
ފުލުހުންގެ ލޯންޗެއް - އެ ދޯނީގައި ތިބި މީހުން ސަލާމަތްކުރީ ފުލުހުންގެ ލޯންޗަކުން
ފުލުހުންގެ ލޯންޗެއް - އެ ދޯނީގައި ތިބި މީހުން ސަލާމަތްކުރީ ފުލުހުންގެ ލޯންޗަކުން
ރާއްޖެއެމްވީ
ދޯންޏެއް އަޑިއަށް ދިޔުން
މާލެއިން މަހިބަދޫއަށް ދަތުރުކުރި ދޯންޏެއް އަޑިއަށް ހިނގައްޖެ
ދޯނީގައި ތިބި 8 މީހުން ފުލުހުންގެ ލޯންޗަށް ނެގި

މާލެއިން ފުރައިގެން އދ. މަހިބަދޫއަށް ދަތުރުކުރި ދޯންޏެއް އަޑިއަށް ގޮސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ "ރިކާޑޯ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް އަލިހުރަސް ކަނޑަށް އަޑިއަށްދާކަމުގެ މައުލޫމާތަކާ ގުޅިގެން އދ ފުލުހުންގެ ލޯންޗު އެ ސަރަހައްދަށް ގޮސް އެ ދޯނީގައި ތިބި 8 މީހުން ފުލުހުންގެ ލޯންޗަށް ނެގިކަމަށެވެ. ދޯނީގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.

Advertisement

މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ، މިރޭ 20:50ގައި އެ ދޯނީގައި ތިބި އެންމެން މަހިބަދޫއަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ.

މި ހާދިސާގައި އެ ދޯނި ވަނީ އެއްކޮށް އަޑިއަށް ގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް