ކ. މާލެ
|
4 ޖުލައި 2023 | އަންގާރަ 06:15
ސްޓޯރީ ޓެލަރސް ކޮންފަރެންސްގެ ބައިވެރިން
ސްޓޯރީ ޓެލަރސް ކޮންފަރެންސްގެ ބައިވެރިން
އެމްއެމްޕީއާރްސީ
ސްޓޯރީ ޓެލަރސް ކޮންފަރެންސް
ސްޓޯރީ ޓެލަރސް ކޮންފަރެންސް ނިންމާލައިފި
މި ކޮންފަރެންސް ބޭއްވީ މޭ މަހުގެ 30 ވަނަ ދުވަހު ކްރޮސްރޯޑްސްގައި
ކޮންފަރެންސަށް ފަހު ބައިވެރިން، ރާއްޖޭގެ ތަފާތު ރީތި 8 ސަރަހައްދަކަށް ދަތުރުކުރި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކްރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ "ވިޒިޓް މޯލްޑިވްސް ސްޓޯރީ ޓެލަރސް ކޮންފަރެންސް 2023" ނިންމާލައިފިއެވެ.

މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސްޕީކަރުންނާއި ކޮންޓެންޓް ކްރިއޭޓަރުންނާއި ބްލޮގަރުންނާއި އިންޑަސްޓްރީ ޕްރޮފެޝަނަލުން އެއްކޮށް ބައްދަލުވެ "ސްޓޯރީ ޓެލިންގ" ގެ ބާރު ފާހަގަކޮށް ރާއްޖޭގެ ރީތިކަން ދައްކާލުމަށް ބޭއްވި ހަރަކާތެކެވެ. މި ކޮންފަރެންސް ނިންމާލާފައިވަނީ ކޮންފަރެންސްގެ ބައިވެރިން، ރާއްޖޭގެ އަށް ސަރަހައްދަކަށް ދަތުރުކުރުމަށްފަހުއެވެ.

މޭ މަހުގެ 30 ވަނަ ދުވަހު ކްރޮސްރޯޑްސްގައި ބޭއްވި މި ކޮންފަރެންސަށް ފަހު ބައިވެރިން ވަނީ ރާއްޖޭގެ ތަފާތު ރީތި އަށް ސަރަހައްދަކަށް ދަތުރުކޮށްފައެވެ. އެގޮތުން، ރ. އަތޮޅާއި އއ. ވ. ހއ. ހދ. ކ. އަތޮޅު އަދި އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއަށް ކޮންފަރެންސްގެ ބައިވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

އެމްއެމްޕީއާރްސީން ބުނި ގޮތުގައި މި ދަތުރުތަކުގައި އަތޮޅުތަކުގެ ޚާއްސަ ސަގާފަތާއި، ރަހަތަކާއި، ހަރަކާތްތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ދަތުރުގެ ބައިވެރިންނަށް ދީފައިވެއެވެ. މިއީ ތިން ދުވަހުގެ ދަތުރުތަކެކެވެ.

ވިޒިޓް މޯލްޑިވްސް ސްޓޯރީ ޓެލަރސް ކޮންފަރެންސަ 2023 އަކީ ވަރަށް ތަފާތު ކޮންސެޕްޓަކަށް ތައްޔާރުކޮށްފައިވާ ހަރަކާތެއް ކަން ފާހަގަކޮށް އެމްއެމްޕީއާރުސީން ބުނީ އެ ހަރަކާތުގެ ކޮންޓެންޓް ކްރިއޭޓަރުންނަށާއި އިންޑަސްޓްރީގެ ޕްރޮފެޝަނަލުންނަށް ފުންކޮށް ރާއްޖެ އޭގެ އަސްލު ގޮތުގައި ތަޖުރިބާ ކުރުމަށް ދައުވަތު ދެވުނު ކަމަށެވެ. މީގެ މަގުސަދަކީ އެކި ސަރަހައްދުތަކުން ލިބެންހުރި ހާއްސަ ތަަޖުރިބާތައް ދައްކައިގެން ރާއްޖެއަކީ އަތްވާއި ދޮންވެލި ބީޗްތަކާއި ރީތި މޫދަށްވުރެ މާ ގިނަ ކަންކަން ހިމެނޭ މަންޒިލެއްގެ ގޮތުގައި ބައިވެރިންގެ ވާހަކަތަކުގެ ޒަރީއާއިން ދުނިޔޭގެ ބެލުންތެރިންނާއި ކިޔުންތެރިންނަށް ދެއްކުން ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

މި ކޮންފަރެންސްގެ ބައިވެރިން މިހާރު ދަނީ ރާއްޖެއާ ބެހޭ ގޮތުން އެމީހުންގެ ތަޖުރިބާތައް ހިއްސާކޮށް، ރާއްޖެއާ ބެހޭގޮތުން ބެލުންތެރިންނާއި ކިޔުންތެރިން ޝައުގުވެރިވާނޭ ފަދަ ވާހަކަތަކެއް އުފައްދަމުން ކަން އެމްއެމްޕީއާރުސީން ފާހަގަކުރެއެވެ. މި ވާހަކަތަކުގެ ސަބަބުން ރާއްޖޭގައި ތަޖުރިބާ ކުރަން ހުރި ގުދުރަތީ އަޖައިބުތަކާއި ސަގާފީ ތަރިކައާއި މެހެމާންދާތީގެ ފުރިހަމަކަން މިވާހަކަތަކުން ތަފްސީލުކޮށް ފެނިގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް