ކ. މާލެ
|
3 ޖުލައި 2023 | ހޯމަ 17:41
އެކްސިޑެންޓްގައި އަނިޔާވި އަލީ ހަފީޒް
އެކްސިޑެންޓްގައި އަނިޔާވި އަލީ ހަފީޒް
އެމްއެންޔޫ
ހަފީޒް ބޭރަށް ގެންދިޔުމަށް އެހީ ހޯދުން
އެކްސިޑެންޓްގައި އަނިޔާވި ހަފީޒް، އެއަރ އެންބިއުލާންސެއްގައި ބޭރަށް ގެންދަން އެހީ ހޯދަނީ
 
ހާލު ދެރަކަމުން ކޮމަރޝަލް ފްލައިޓެއްގައި ރާއްޖެއިން ބޭރަށް ގެންދެވޭކަށް ނެތް

އަޟްޙާ އީދު ދުވަހުގެ ފަތިހު މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވެގެން ފަރުވާދެމުން އަންނަ، ގައުމީ ޔުނިވަސިޓީގެ ލެކްޗަރަރ އަލީ ހަފީޒް އިތުރަށް ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިޔުމަށް އެހީ ހޯދަން ފަށައިފިއެވެ.

ހަފީޒަށް ފަރުވާދެމުން އަންނަނީ އޭޑީކޭގެ އައިސީޔޫގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހަފީޒްގެ ހާލަތު އަދިވެސް ސީރިއަސްއެވެ. އޭނާގެ ހާލު ދެރަކަމުން ކޮމަރޝަލް ފްލައިޓެއްގައި ރާއްޖެއިން ބޭރަށް ގެންދެވޭކަށްނެތެވެ. އެހެންކަމުން އެއަރ އެމްބިޔުލާންސެއްގައި އޭނާ ރާއްޖެއިން ބޭރަށް ގެންދިޔުމުގެ މަސައްކަތް އާއިލާއިން އަންނަނީ ކުރަމުންނެވެ.

އެހެންކަމުން އޭނާއަށް އެހީތެރިވުމަށް އާއިލާއާއި ރައްޓެހިން އަންނަނީ އެދެމުންނެވެ.

އަލީ ހަފީޒް މިހާރު ހުންނެވީ ގައުމީ ޔުނިވަސިޓީގެ ސީނިއަރ ލެކްޗަރަރގެ މަގާމުގައެވެ. ކިޔަވައިދެއްވުމުގައި 18 އަހަރު ހޭދަކުރައްވާފައިވާ ހަފީޒް އެކްސިޑެންޓުވެފައިވަނީ ހީނާމާގޭ ޕާކިންގ ޒޯނު ކައިރީގައި ހުންނަ މިސްކިތުން ފަތިސް ނަމާދުން ނިމިވަޑައިގެން ނުކުންނެވިތަނާއެވެ. މަންޒަރު ދުށް މީހުން ބުނާގޮތުގައި ސައިކަލު ދުއްވާފައި އައީ ވަރަށް ބާރަށެވެ. އަދި ހަފީޒުގެ ގައިގައި ސައިކަލު ޖެހުމުން އޭނާ ވަރަށް ދުރަށް ވިއްސައިގެން ދިޔަކަމަށް ބުނެފައިވެއެވެ.

މިއެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން މީހާ، ކޯޓު އަމުރެއްގެ ދަށުން ހޯމަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އުމުރުން 22 އަހަރުގެ މި މީހާ އަތުގައި ލައިސަންސް ނޯންނަކަމަށް ފުލުހުން ބުނެއެވެ. ސައިކަލު ދުއްވި މީހާ ހައްޔަރުކުރުން ފަސްކުރީ އޭނާއަށްވެސް އެކްސިޑެންޓްގައި ބޮޑެތި އަނިޔާތަކެއް ލިބިފައިވުމާއެކު، ފަރުވާދެމުން ދާތީކަމަށްވެސް ފުލުހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
20%
20%
40%
20%
0%
0%
ކޮމެންޓް
ގުޅުންހުރި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން
ބުޅަލަކަށް އަނިޔާކޮށް، އުސްފާރެއްގެ މަތިން ހޫރާލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި
ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ވޭންއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
މީހަކު ރަހީނުކޮށްގެން ފައިސާ ފޭރުނު މައްސަލައެއްގެ ތަހުގީގަށް ހޯދާ މީހެއްގެ ވަނަވަރު އާންމުކޮށްފި