ކ. މާލެ
|
2 ޖުލައި 2023 | އާދީއްތަ 21:03
ރައީސްގެ އެޑްވައިޒަރުގެ މަގާމަށް ޝިހާބު އައްޔަންކުރެއްވުން
ރައީސްގެ އެޑްވައިޒަރުގެ މަގާމަށް ޝިހާބު އައްޔަންކުރެއްވުން
ރައީސް އޮފީސް
ރައީސްގެ އެޑްވައިޒަރ އިސްތިއުފާދެއްވުން
ރައީސްގެ އެޑްވައިޒަރުގެ މަގާމުން މުހައްމަދު ޝިހާބު އިސްތިއުފާ ދެއްވައިފި
ޝިހާބު އިސްތިއުފާ ދެއްވި ސަބަބު ހާމަކުރައްވާފައެއް ނުވޭ
ޝިހާބު ވަނީ މަޖިލިސް މެމްބަރެއްގެ މަގާމުވެސް ފުރުއްވާފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ކުރީގެ ހޯމް މިނިސްޓަރ މުހައްމަދު ޝިހާބު މަގާމުން އިސްތިއުފާދެއްވައިފިއެވެ.

ޝިހާބު އިސްއުފާދެއްވިކަން ރައީސް އޮފީހުން ވަނީ "ރާއްޖެއެމްވީ"އަށް ކަށަވަރުކޮށްދެއްވާފައެވެ. އެހެންނަމަވެސް ޝިހާބު އިސްތިއުފާދެއްވި ސަބަބު ސާފުވެފައެއް ނުވެއެވެ.

ޝިހާބު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރައްވާފައެވެ. އަދި ސަރުކާރުގެ އެކި އިދާރާތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަތީ މަގާމުތައް ފުރުއްވާފައިވެއެވެ.

ރައީސްގެ އެޑްވައިޒަރުގެ މަގާމުން މުހައްމަދު ޝިހާބު އިސްތިއުފާދެއްވާފައިވާއިރު މިދިޔަ ދުވަސްތަކުގައި އޭނާ ގެންދެވީ ސަރުކާރާ ދެކޮޅު ގިނަ ހަރަކާތްތަކެއްގައި ބައިވެރިވަމުންނެވެ.

- ކޮމެންޓް