ކ. މާލެ
|
13 ޖުލައި 2017 | ބުރާސްފަތި 17:23
މޯލްޑިވިއަންގެ ފްލައިޓެއް
މޯލްޑިވިއަންގެ ފްލައިޓެއް
ގޫގުލް
އައުލެންޑް އޭވިއޭޝަން
މޯލްޑީވިއަންގެ ޓިކެޓް ހެޔޮކޮށްފި
ޓިކެޓް އަގުހެޔޮ ކުރީ ތެލުގެ ޑިއުޓީ ކުޑަވުމުން

މޯލްޑީވިއަންގެ ޓިކެޓް އަގުހެޔޮކޮށްފި އެވެ. 

ބުރާސްފަތި ދުވަހު މޯލްޑީވިއަން އިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ޓިކެޓް އަގުހެޔޮ ކުރީ  މަތިންދާ ބޯޓަށް އަޅާ ތެލުގެ އަގު ހެޔޮވުމުން ކަމަށެވެ.  އަލަށް ތައާރަފުކުރާ ފެއަރތައް ޖުލައި 17 ވަނަ ދުވަހުން ފެށިގެން ކުންފުނީގެ ޓިކެޓިން އޮފީސްތަކުންނާއި އޭޖެންޓުން މެދުވެރިކޮށް ލިބެން ހުންނާނެކަމަށްވެސް އިއުލާންގައި ބުނެފައިވެއެވެ.

ދާދި ފަހުން ތެލުގެ ޑިއުޓީ ވަނީ ފަސް ޕަސެންޓް ކުޑަކޮށްފަ އެވެ. 

ފެއާގެ އަގުތަކަށް ބަލާއިރު މާލެއިން އައްޑޫ ސިޓީއަށާއި މާލެއިން ފުވައްމުލަކަށް ފެއާގެ އަގަކީ 898.88 ރުފިޔާ، މާލެއިން ކާޑެއްދޫއަށާއި މާލެއިން ކޫއްޑޫއަށް ފެއަރގެ އަގަކީ 876.62 ރުފިޔާ، މާލެއިން ކައްދޫއަށާއި މާލެއިން ތިމަރަފުއްޓަށާއި މާލެއިން ހަނިމާދޫއަށް 854.36 ރުފިޔާ، މާލެއިން އިފުރަށާއި މާލެއިން ކުޑަހުވަދޫއަށް 799.24 ރުފިޔާ އަދި މާލެއިން ދަރަވަންދޫއަށް 598.90 ރުފިޔާ ހިމެނެއެވެ.  

ޖުމްލަކޮށް ބަލާއިރު ހުރިހާ ސެކްޓަރަކުން އެއްކޮޅު ޓިކެޓަކުން 100 ރުފިޔާ ވަނީ ހެޔޮވެފަ އެވެ.

      

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
27 ޖުލައި 2017 | ބުރާސްފަތި 22:04
މޯލްޑީވިއަން
ކުލީ އެންމެބާބޯތުގަންޑެތަ؟