ކ. މާލެ
|
29 ޖޫން 2023 | ބުރާސްފަތި 21:50
ފޮރިން މިނިސްޓަރު، ޢަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރު، ޢަބްދުﷲ ޝާހިދު
ރައީސް އޮފީސް
ސްވިޑްންގައި ޤުރުއާން އެންދި މައްސަލަ
ސްވިޑްންގައި ޤުރުއާން އެންދި މައްސަލަ ރާއްޖޭގެ ފޮރިން މިނިސްޓްރީން ކުށްވެރިކޮށްފި
 
ޤުރުއާން އަންދާފައިވަނީ ސަލްވާން މޮމިކާ ނަމަކަށް ކިޔާ މީހެއް
 
މިއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި، އަދި މިއީ މުސްލިމުންގެ ދީނީ އިހުސާސްތަކަށް ކުޑައިމީސްކުރުން ކަމަށް ފޮރިން މިނިސްޓްރީން ވަނީ ސިފަކޮށްފައި
 
ސްވިޑްންގައި ޤުރުއާން އަންދާފައިވަނީ މުސްލިމުންގެ މުޤައްދަސް މުނާސަބަތެއް ކަމަށްވާ އަޟްޙާ ޢީދު ދުވަހާ ދިމާކޮށް ކަމަށް ވާތީ، އެކަން ފޮރިން މިނިސްޓްރީން ވަނީ ކުށްވެރިކޮށްފައި

ސްވިޑްންގައި ކީރިތި ޤުރުއާން އެންދި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަލްވާން މޮމިކާ ނަމަކަށް ކިޔާ މީހަކު ސްވިޑްންގައި ކީރިތި ޤުރުއާން އަންދާފައިވާ ކަމަށާއި، ދިވެހި ސަރުކާރުން އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އަދި އޭނާ ޤުރުއާން އަންދާފައި ވަނީ މުސްލިމުންގެ މުޤައްދަސް މުނާސަބަތެއް ކަމަށްވާ އަޟްޙާ ޢީދު ދުވަހާ ދިމާކޮށް ކަމަށް ވާތީ، އެކަން އެންމެ ހަރުކަށި އިބާރާތުން ފޮރިން މިނިސްޓްރީން ވަނީ ކުށްވެރިކޮށްފައެވެ.

މިއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި، އަދި މިއީ މުސްލިމުންގެ ދީނީ އިޙުސާސްތަކަށް ކުޑައިމީސްކުރުން ކަމަށް ފޮރިން މިނިސްޓްރީން ވަނީ ސިފަކޮށްފައެވެ.

މީގެ އިތުރުން މި އަމަލަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ހިންގި ކަމެއް ކަމަށް ބުނެ ފަރުޖައްސައިނުލެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްލާމް ދީނަށް ފުރައްސާރަކޮށް ހިންގާ މިފަދަ ޢަމަލުތަކަކީ ސަރުކާރުން އެއްވެސް ސިފައެއްގައި ތަޙައްމަލްކުރާނެ ކަމެއް ނޫން ކަމަށާއި، އެފަދަ ޢަމަލުތައް ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް