ކ. މާލެ
|
28 ޖޫން 2023 | ބުދަ 12:35
މީގެ ކުރިން ހިނގި އެކްސިޑެންޓެއްގައި ސައިކަލުތަކަކަށް ގެއްލުންވެފައި
މީގެ ކުރިން ހިނގި އެކްސިޑެންޓެއްގައި ސައިކަލުތަކަކަށް ގެއްލުންވެފައި
ޕޮލިސް
އެކްސިޑެންޓެއް ހިނގުން
މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
 
އަނިޔާވި މީހާއަށް އޭޑީކޭގައި އަންނަނީ ފަރުވާ ދެމުން
 
އެކްސިޑެންޓުގައި އަނިޔާވީ 50 އަހަރުގެ ފިރިހެނަކަށް

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ސީރިއަސް އަނިޔާތަކެއްވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ ފަތިހު 5:00 ހާއިރު މަޖީދީމަގު ރެޑްވޭވް ކައިރިންނެވެ. އެ އެކްސިޑެންޓުގައި އަނިޔާވީ 50 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ލައިސެންސް ނެތް 22 އަހަރުގެ ފިރިހެނަކު ދުއްވި ސައިކަލެއް ހިނގާފައިދިޔަ 50 އަހަރުގެ މީހާގެ ގައިގައި ޖެހިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އޭޑީކޭގައި ދަނީ ފަރުވާދެމުންނެވެ. އޭނާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
67%
33%
0%
ކޮމެންޓް