Advertisement
ކ. މާލެ
|
26 ޖޫން 2023 | ހޯމަ 12:00
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް
އެމްޑީޕީ
އެމްޑީޕީ އަށް 18 އަަހަރު ފުރުން
އެމްޑީޕީގައި ޒުވާނުންނަށް ފުރުސަތު އެބައޮތް: ފައްޔާޒު
ދިވެހި ޒުވާން ޖީލަށް އުފާވެރި ދިރިއުޅުމެއް ހޯދުމުގެ މަގު ކޮށާ އަލިކުރާ ބަޔަކީ އެމްޑީޕީ
ޒުވާނުންނަށް ގިނަ ފުރުސަތުތައް ފަހިކޮށްދޭ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައި ޒުވާނުންނަށް ފުރުސަތު އެބައޮތް ކަމަށާއި، އެޕާޓީއާ ގުޅުމަށް ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ގޮވާލައްވައިފިއެވެ.

އެމްޑީޕީއަށް 18 އަހަރު ފުރުމާ ގުޅިގެން އާދީއްތަ ދުވަހުގެ ރޭ ދެއްވި ޚާއްސަ ބަސްދީގަތުގައި ފައްޔާޒު ވިދާޅުވީ ހެދިބޮޑުވަމުން އަންނަ ދިވެހި ޒުވާން ޖީލަށް އުފާވެރި ދިރިއުޅުމެއް ހޯދުމުގެ މަގު ކޮށާ އަލިކުރާ ބަޔަކީ އެމްޑީޕީ ކަމަށެވެ. ޒުވާނުންނަށް ގިނަ ފުރުސަތުތައް ފަހިކޮށްދޭކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ މަތީތައުލީމަށް ހުޅުވާލެވިފައިވާ ފުރުސަތާއި ތަމްރީންގެ ބޭނުން ފުރިހަމައަށް ހިފަންޖެހޭ ކަމަށާއި، ގައުމަށް ބޭނުން ހުރިހާ ދާއިރާއަކުން ޒުވާނުން ކުރިއަށްދާން ޖެހޭ ކަމަށެވެ.

Advertisement

ފައްޔާޒު ވިދާޅުވީ ރާއްޖެއާއި އެމްޑީޕީއާގެން ކުރިއަށްދާން ތިބީ ޒުވާނުން ކަމަށާއި، މިއީ ހުރިހާ ޒުވާނުން ހުޅުވާލެވިފައިވާ ޕާޓީއެއް ކަމަށެވެ. މިޕާޓީގެ ތެރެއިން އެޒުވާނަކު ކުރިއަރާ ދާން ބޭނުންވާނަމަ ކޮންމެ ހިސާބަކަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއަދުގެ ޒުވާނުންނަށް އޮތް އެންމެ އަގުހުރި ރަނުގެ ފުރުސަތަކީ މިއަދު އެމްޑީޕާއާ ގުޅުން ކަމަށެވެ.

އެޒުވާނުންނަށް އެމްޑީޕީން ދޭ ދައުވަތެއް އެބަވޭ. އެއީ މަތީތައުލީމަށް ހުޅުވާލެވިފައިވާ ފުރުސަތާއި ތަމްރީންގެ ބޭނުން ފުރިހަމައަށް ހިފުން. ގައުމަށް ބޭނުން ހުރިހާ ދާއިރާއަކުން ފައްކާވެފައިވާ މާދަމާގެ ޖީލަށް އެޒުވާނުން ވެގެން ދިއުން. ރާއްޖެ ވެސް މިޕާޓީ ވެސް މާދަމާ ކޮނޑުއަޅާގެން ތެދުވަން ތިބީ އެމީހުން. މީހާ ނިސްބަތްވާ ރަށާއި އާއިލާއާ ހަސަބާއި ނަސަބަކީ އެމްޑީޕީން ދަންނަ އެއްޗެއް ނޫން. މިއީ ހުރިހާ ޒުވާނުން ހުޅުވާލެވިފައިވާ ޕާޓީއެއް. މިޕާޓީގެ ތެރެއިން އެޒުވާނަކު ކުރިއަރާ ދާން ބޭނުންވާނަމަ ކޮންމެ ހިސާބަކަށް ދިއުމަށް އަބަދުވެސް ފުރުސަތު އޮންނާނެ. މިއަދުގެ ޒުވާނުންނަށް އޮތް އެންމެ އަގުހުރި ރަނުގެ ފުރުސަތަކީ މިއަދު އެމްޑީޕާއާ ގުޅުން. އަދި މާދަމާގެ އެމްޑީޕީއާ ޒުވާނުން ހަވާލުވެ ރާއްޖެއަށް ޚިދުމަތް ކުރުން.
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް

ފައްޔާޒު ވިދާޅުވީ އެމްޑީޕީން ރާއްޖެއަށް ގެންނަ ހެޔޮ ބަދަލުގެ މަންފާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިބެމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެމްޑީޕީ ގެންނަ ހެޔޮ ބަދަލުގެ ނަފާ މުޅި ރާއްޖެއާއި ހުރިހާ ރައްޔިތުންނަށް ފޯރާނެކަމުގެ ޔަގީންކަން ފައްޔާޒު ދެއްވިއެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ހޯދިފައިވާ މިކާމިޔާބީތައް ދޫކޮށް އެމްޑީޕީއާ ދިވެހި ރައްޔިތުންގެ މާދަމާގެ އުފާވެރިކަން ދޫކޮށް ނުލާނެ ކަމަށެވެ. އަދި ވިދާޅުވީ ނިމިގޮސް ގެއްލެމުންދާ އަނިޔާވެރި ލާއިންސާނީ މާޒީ އިޔާދަވުމަށް ހިމަނާރެއްގެ ޖާގަ ދިނުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް