Advertisement
ކ. މާލެ
|
25 ޖޫން 2023 | އާދީއްތަ 11:55
ފައްޔާޒް އިސްމާއީލް
ފައްޔާޒް އިސްމާއީލް
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީއަކީ މިއަދު ވަކި މީހަކަށް ބަރޯސާވާގޮތަށް އޮތް ޕާޓީއެއް ނޫން: ފައްޔާޒު
އެމްޑީޕީއަކީ ވަކި ވަކި ފަރުދުންނަށް ބަރޯސާވާ ޕާޓީއެއް ނޫން

އެމްޑީޕީއަކީ މިއަދު ވަކި މީހަކަށް ބަރޯސާވާގޮތަށް އޮތް ޕާޓީއެއް ނޫންކަމަށް، އެ ޕާޓީގެ ޗެއާޕަރސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެމްޑީޕީއަށް ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު ފައްޔާޒު ވިދާޅުވީ، ޕާޓީއަށް އަބަދުވެސް ތުހުމަތުތައް ކުރާނެ ކަމަށާއި އެއީ ކަންބޮޑުވާކަމެއް ނޫން ކަމަށެވެ.

އެމްޑީޕީއަކީ ވަކި ވަކި ފަރުދުންނަށް ބަރޯސާވާ ޕާޓީއެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ އެމްޑީޕީން ބައެއް މީހުން ވަކިވިޔަސް ޕާޓީއަށް ހީނަރުކަން ނުލިބޭކަމަށާއި، އެހެންނަމަވެސް ހިތަށް ހީނަރުކަން ލިބުނު ކަމަށެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ވެރިކަންކުރާ މައިޕާޓީ ކަމަށްވާ އެމްޑީޕީން ވަކިވެވަޑައިގަތުމަކީ ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒު އިސްމާއީލް ވަނީ އެމްޑީޕީއާއި އެމްޑީޕީގެ މެމްބަރުންގެ ނަމުގައި ރައީސް ނަޝީދަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

ފައްޔާޒު ވަނީ ނަޝީދު އެމްޑީޕީއަށް ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

އެމްޑީޕީގައި ހުންނަވައި "ދަ ޑިމޮކްރަޓެސް" އުފެއްދެވުމުގައި ނަޝީދު ހަރަކާތްތެރިވެވަޑައިގަންވަމުން ދާއިރު، އެކަމާ އެމްޑީޕީގެ ގިނަ މެމްބަރުން ފާޑުވިދާޅުވަމުން ގޮސްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް