ހުޅުމާލެ ސީރިއަސް ކްރައިމް ސެލް އިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް ފުލުހުންގެ އިދާރާއިން އިއުލާންކޮށްފިއެވެ.
ފުލުހުން ބަލަމުންދާ މައްސަލައާ ގުޅިގެން ހޯދަމުންދަނީ އުމުރުން 26 އަހަރުގެ ސ.ހިތަދޫ / މުޖްމަރާގެ، އަޙްމަދު ރާއިދު ޙުސައިން އެވެ.
އެހެންކަމުން އަޙްމަދު ރާއިދު ޙުސައިން އާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ޕޮލިސް ސްޓޭޝަން ނަންބަރު 3035335 އަށް ގުޅާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
 
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
