ކ. މާލެ
|
20 ޖޫން 2023 | އަންގާރަ 21:26
ބީއެމްއެލްއާއި ފޯލޫޕް ކޯޑިންގ އެކަޑަމީ ގުޅިގެން ކުރިޔަށްގެންދިޔަ ޕްރޮގްރާމް ނިންމި ދަރިވަރުން
ބީއެމްއެލްއާއި ފޯލޫޕް ކޯޑިންގ އެކަޑަމީ ގުޅިގެން ކުރިޔަށްގެންދިޔަ ޕްރޮގްރާމް ނިންމި ދަރިވަރުން
ބީއެމްއެލް
ޓެކްނޮލޮޖީއަށް ހޭލުންތެރިކުރުވުން
ބީއެމްއެލްއާއި ފޯލޫޕް ކޯޑިންގ އެކަޑަމީ ގުޅިގެން، އަންހެންކުދިން ޓެކްނޮލޮޖީއަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި
16 ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔަ މި ޕްރޮގްރާމް 24 ދަރިވަރުން ފުރިހަމަކޮށްފައިވޭ
ފޯލޫޕް ކޯޑިން އެކަޑަމީއަކީ، ރާއްޖޭގައި 2016 ވަނަ އަހަރުން ފެށިގެން ކޯޑިން އަދި އިލެކްޓޮރޯނިކް އިންޖިނިއަރިން ކިޔަވައިދެމުން އަންނަ އެކަޑަމީއެއް

ބީއެމްއެލްއާއި ފޯލޫޕް ކޯޑިންގ އެކަޑަމީ ގުޅިގެން, އަންހެން ދަރިވަރުންނަށް ޚާއްސަކޮށް، ޓެކްނޮލޮޖީއާ ގުޅުންހުރި ޕްރޮގްރާމެއް ކުރިޔަށްގެންގޮސްފިއެވެ.

މިއީ އަންހެނުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ އަންހެން ދަރިވަރުންނަށް ޚާއްސަކޮށްގެން، ޓެކްނޮލޮޖީގެ ރޮގުން ދަރިވަރުން ހޭލުންތެރިކުރުވައި މިރޮނގުން ކުރިޔަށްދިއުމަށް މަގުދައްކައިދިނުމުގެ ގޮތުން ކުރިޔަށްގެންދިޔަ ޕްރޮގްރާމެކެވެ. 16 ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔަ މި ޕްރޮގްރާމް 24 ދަރިވަރުން ފުރިހަމަކޮށްފައިވެއެވެ. އިންޓްރޮޑަކްޝަން ޓު ފިޒިކަލް ކޮމްޕިޔުޓިންގގެ ނަމުގައި ކުރިޔަށްގެންދިޔަ މި ޕްރޮގްރާމުގައި ބައިވެރިވެފައިވަނީ ސްކޫލްތަކުގައި ކިޔަވަމުންދިޔަ ދަރިވަރުންނެވެ.

ފޯލޫޕް ކޯޑިންގ އެކަޑަމީއަކީ ރާއްޖޭގައި 2016 ވަނަ އަހަރުން ފެށިގެން ކޯޑިންގ އަދި އިލެކްޓޮރޯނިކް އިންޖިނިއަރިންގ ކިޔަވައިދެމުން އަންނަ އެކަޑަމީއެކެވެ. މާލޭގެ ބައެއް ސްކޫލްތަކުގައާއި އަމިއްލަ އިންސްޓިޓިއުޓްތަކުގައިވެސް މި ޕްރޮގްރާމްތައް އެކަޑަމީގެ ފަރާތުން ކުރިޔަށްގެންދެއެވެ. މިއެކަޑަމީގައި މިހާރު 6 ލެވެލްއަކަށް ކިޔަވައިދެމުން ގެންދެއެވެ.

ކިޔަވައިދިނުމުގައި ތިއްބަވަނީ ރާއްޖެއިން ބޭރުގެ ޓީޗަރުންނެވެ. ޚާއްސަކޮށް ކުޑަކުދިންނަށް މި ޕްރޮގްރާމްތައް ކިޔަވައިދިނުމަށް ތަމްރީންކުރެވިފައި ތިބި ޓީޗަރުންނެވެ.

ފޯލޫޕް އެކަޑަމީން އޮންލައިންކޮށްވެސް މި ޕްރޮގްރާމްތައް ކުރިޔަށްގެންދެއެވެ. އޮންލައިން ޕްރޮގްރާމްތަކުގައި މިހާރުވެސް ދުނިޔޭގެ 12 ގައުމެއްގެ ދަރިވަރުން އެކި ލެވެލްތަކުގައި ކިޔަވަމުންދެއެވެ. ރާއްޖެއިން ބޭރުގެ ބައެއް ހަރަކާތްތަކުގައި މި އެކަޑަމީގެ ދަރިވަރުން ބައިވެރިވެ، ރަނގަޅު ވަނަތަކެއް ހޯދާފައިވެއެވެ.

މި އެކަޑަމީގައި 200 ދަރިވަރުން ކިޔަވަމުން އާދެއެވެ. އަންނަ އެކަޑަމިކް އަހަރު، މިއެކަޑަމީގެ ޕްރޮގްރާމްތަކުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް މިހާރު ވަނީ އެފުރުސަތު ހުޅުވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
ކޮމެންޓް