ކ. މާލެ
|
20 ޖޫން 2023 | އަންގާރަ 17:06
އޭސީސީގެ އައު ކޭސް މެނޭޖްމަންޓް ސިސްޓަމް އިފްތިތާހުކުރުން
އޭސީސީގެ އައު ކޭސް މެނޭޖްމަންޓް ސިސްޓަމް އިފްތިތާހުކުރުން
އޭސީސީ
އޭސީސީގެ އައު ކޭސް މެނޭޖްމަންޓް ސިސްޓަމް
އޭސީސީގެ އައު ކޭސް މެނޭޖްމަންޓް ސިސްޓަމް އިފްތިތާހުކޮށްފި
ސޮފްޓްވެއަރ ތަރައްގީކޮށްފައިވަނީ ވެބްޑިޒައިނަރސް މޯލްޑިވްސްއާ ހަވާލުކޮށްގެން
އައު ސޮފްޓްވެއަރއެއް ތަރައްގީކޮށްފައިވަނީ އެމެރިކަން ބާރ އެސޯސިއޭޝަން ރޫލް އޮފް ލޯ އިނިޝިއޭޓިވްގެ ދަށުން، ޔޫއެސް އެއިޑްގެ އެހީތެރިކަމާއެކު

ތަޙުޤީޤުތަށް ހިންގުމުގައި ޒަމާނީ ޑިޖިޓަލް އާލާތްތަކާއެކު ޒަމާނީ ފަންނު ބޭނުން ކުރަން ފެށުމުގެ މަގުސަދުގައި ކޮމިޝަނުން ޑިވެލޮޕްކޮށްފައިވާ އައު ކޭސް މެނޭޖްމަންޓް ސިސްޓަމް (ސީއެމްއެސް) އިފްތިތާހުކޮށްފިއެވެ.

ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ސިސްޓަމް އިފްތިތާހުކޮށްދެއްވީ، ދިވެހިރާއްޖެއާއި ސްރީލަންކާއަށް ޔޫއެސް އެއިޑުން ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ މިޝަން ޑައިރެކްޓަރ ޑެބްރާ މޮސެލްއެވެ.

2016 ވަނަ އަހަރުން ފެށިގެން ކޮމިޝަނުން ބޭނުންކުރަމުން އަންނަ ކޭސް މެނޭޖްމަންޓް ސިސްޓަމްގެ ބަދަލުގައި އައު ސޮފްޓްވެއަރއެއް ތަރައްގީކޮށްފައިވަނީ އެމެރިކަން ބާރ އެސޯސިއޭޝަން ރޫލް އޮފް ލޯ އިނިޝިއޭޓިވްގެ ދަށުން ޔޫއެސް އެއިޑްގެ އެހީތެރިކަމާއެކުގައެވެ. ސޮފްޓްވެއަރ ތަރައްގީކޮށްފައިވަނީ ވެބްޑިޒައިނަރސް މޯލްޑިވްސްއާ ހަވާލުކޮށްގެންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ކޮމިޝަނުގެ މެމްބަރު ޝިޔާމާ މުހައްމަދު ވިދާޅުވީ އައު ސީއެމްއެސް ސޮފްޓްވެއަރ ތަރައްގީކޮށްފައިވަނީ، ކުރިން މެނުއަލްކޮށް ކުރަމުން އައި މަސައްކަތްތައް އޮޓަމޭޓެޑްކޮށް ކުރިއަށް ގެންދެވޭގޮތަށް ކަމަށާއި، އޭގެ ސަބަބުން ތަހުގީގުތައް ކުރުމުގައި ފަސޭހަވެގެންދާނެކަމަށެވެ.

އައު ސީއެމްއެސްގައި؛ ކޭސް ނޯޓްތަކާއި، އިންވެސްޓިގޭޝަން ޓީމުތަކަށް މައްސަލަތައް ވަކިވަކިން ބެލެހެއްޓުމާއި، ކޭސް ޑައިރީ ލިޔުން ފަދަ ފީޗަރތަކުގެ އިތުރުން، އެވިޑެންސް މޮޑިއުލެއްވެސް އައު ހިމެނެއެވެ.

އައު ސީއެމްއެސް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނުގެ މެންބަރުންނާއި އިސްވެރިންގެ އިތުރުން، އޭބީއޭ ރޫލް އޮފް ލޯ މޯލްޑިވްސްއާއި ޔޫއެސް އެއިޑް މޯލްޑިވްސްގެ އިސްބައެއް ބޭފުޅުންވަނީ ބައިވެރިވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް