ކ. މާލެ
|
19 ޖޫން 2023 | ހޯމަ 17:02
ހައްޖާޖީންގެ ފަހު ގްރޫޕުގައި ހިމެނޭ ހައްޖުވެރިއެއް
ހައްޖާޖީންގެ ފަހު ގްރޫޕުގައި ހިމެނޭ ހައްޖުވެރިއެއް
އިސްލާމިކް މިނިސްޓްރީ
ހައްޖު 1444
ހައްޖާޖީންގެ ފަހު ގްރޫޕު ފުރައިފި
މި ގްރޫޕުގައި 288 ހައްޖުވެރިން ހިމެނޭ
ރައީސް ވަނީ ހައްޖުވެރިންނާ އެއަރޕޯޓުން ބައްދަލުކުރައްވާފައި

މިއަހަރު ރާއްޖެއިން ހައްޖަށްދާ ހައްޖާޖީންގެ އެންމެ ފަހު ފްލައިޓު ފުރައިފިއެވެ.

ރާއްޖެއިން ހައްޖަށްދާ މީހުންގެ ފަހު ފްލައިޓު ފުރާފައިވަނީ ހޯމަ ދުވަހުގެ މެންދުރު 3:10 ގައެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ޙަވާލުގައި މި ފްލައިޓުން 288 ޙައްޖުވެރިން ފުރިއެވެ.

ޙައްޖާޖީންގެ ފުރަތަމަ ފްލައިޓު ރާއްޖެއިން ފުރީ މިމަހުގެ 12ވީ ބުދަ ދުވަހުއެވެ. އޭގެ ފަހުން މިމަހުގެ 13، 15، 16 އަދި 19 ވަނަދުވަހުގެ ފްލައިޓްތަކުންވެސް ޙައްޖުވެރިންވަނީ ފުރާފައެވެ.

އެންމެ ފަހު ފްލައިޓުން ޙައްޖައްދިޔަ ޙައްޖުވެރިންނާ އެއަރޕޯޓުން މިއަދު ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްވަނީ ޢަލްވަދާޢު ވިދާޅުވެފައެވެ.

މިއަހަރު އަމީރުލް ޙައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް