ކ. މާލެ
|
18 ޖޫން 2023 | އާދީއްތަ 13:11
ފަހި ދުވަހުގެ އިވެންޓްގެ ތެރެއިން
ފަހި ދުވަހުގެ އިވެންޓްގެ ތެރެއިން
އެމްއެންޔޫ
އެމްއެންޔޫގެ ފަހި ދުވަސް
އެމްއެންޔޫގެ ފަހި ދުވަހަށް ބޮޑު ތަރުހީބެއް
 
ގިނަ މީހުން ވަނީ ކޯސްތަކުގެ މައުލޫމާތު އޮޅުން ފިލުވާފައި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަހި ދުވަހަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެ ޔުނިވަރސިޓީން ބުނެފިއެވެ.

މި އިވެންޓް ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔައީ ހަވީރު 04:00ން ރޭގަނޑު 08:00ށެކެވެ. ޔުނިވަރސިޓީން ބުނީ މި އިވެންޓް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުނުއިރު އިވެންޓްގެ މަޤްސަދަކީ ޔުނިވަރސިޓީގައި ހުރި ތަފާތު ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.

މި އިވެންޓުގެ ތެރެއިން އޯލެވެލް އަދި އެހެނިހެން ނަތީޖާ ލިބިފައިވާ ދަރިވަރުންނަށް ޔުނިވަރސިޓީގެ ކޯސްތަކަށް ކުރިމަތިލުމަށް ފޯމުތައް ވެސް ބަލައިގެންފައިވާއިރު ޔުނިވަރސިޓީގެ އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށް ބޭނުންވާ ލިޔުންތައް އެޓެސްޓްކޮށްދިނުމުގެ ޚިދުމަތް ވަނީ ފޯރުކޮށްދީފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ފަންނީ ޤާބިލް ލެކްޗަރާއިންނާއެކު ތަފާތު އެތައް ދާއިރާއަކުން ތަޢުލީމާއި ތަމްރީން ޕްރޮގްރާމުތަކެއް ހިންގަމުންގެންދާ ޔުނިވަރސިޓީއެކެވެ. ޔުނިވަރސިޓީގެ ފަންނީ ދާއިރާތަކުގެ ލެކްޗަރާއިން، އެބޭފުޅުންގެ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ މަޢުލޫމާތުތާއި، މަތީ ތަޢުލީމު ހާސިލުކުރުމަށް ވާންޖެހޭ ތައްޔާރީތަކުގެ މަޢުލޫމާތު، އިވެންޓުގައި ހިއްސާކޮށްފައިވެއެވެ.

މިއީ މަރުކަޒީ ފެންވަރުގައި މިފަދަ ހަރަކާތެއް، ސާނަވީ ތަޢުލީމު ނިންމާލި ދަރިވަރުންނަށް އަމާޒުކޮށްގެން ޤައުމީ ޔުނިވަރސިޓީއިން ހިންގާ ގިނަ ހަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑު ތަރުޙީބެއް ލިބެމުންދާ ހަރަކާތެވެ. ފަހި ދުވަހުގައި މަޢުލޫމާތު ފޯރުކޮށްދީފައިވާ ދާއިރާތަކުގެ ތެރޭގައި، ބަހާއި އިންސާނީ ޢިލްމުތަކުގެ ދާއިރާ، ތަޢުލީމީ ދާއިރާ، އިންޖިނީއަރިންގ ދާއިރާ، ޞިއްޙީ ދާއިރާ، ފަތުރުވެރިކަމާއި މެހެމާނުދާރީގެ ދާއިރާ، ދީނީ ޢިލްމުގެ ދާއިރާ، ސައިންސްގެ ދާއިރާ، ޝަރީޢަތާއި ޤާނޫނުގެ ދާއިރާ، ވިޔަފާރީގެ ދާއިރާ، ނިޔަމިކަމުގެ ދާއިރާ، އަދި ފައުންޑޭޝަން ކޯސްތަކުގެ ދާއިރާ ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް