Advertisement
ކ. މާލެ
|
5 ސެޕްޓެންބަރ 2024 | ބުރާސްފަތި 12:49
ޤައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރ އަލީ ޝަމީމް
ޤައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރ އަލީ ޝަމީމް
ދިވެހި ޤައުމިއްޔަތު
އަދުލު އިންސާފު ނެތް ތަނެއްގައި ޤައުމިއްޔަތެއްވެސް ނޯންނާނެ: އަލީ ޝަމީމް
ޤައުމިއްޔަތުގެ ބަހާތަކުގެ ތެރޭގައި މިނިވަންކަމާއި، އިސްލާމް ދީނާއި، ދިވެހި ބަސް އަދި އަކުރުގެ އިތުރުން ދިވެހި ސަޤާފަތް ހިމެނޭ
އާ ގައުމިއްޔަތެއްގެ ވާހަކަ ދެކެވޭއިރު ޤާނޫނުއަސާސީއާއި އެ ޤާނޫނުން ލިބިދޭ ޙައްޤުތަކުގެ އިތުރުން ޑިމޮކްރަސީވެސް ހިމެނޭ

އަދުލު އިންސާފު ނެތް ތަނެއްގައި ޤައުމިއްޔަތެއްވެސް ނޯންނާނެކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރ އަލީ ޝަމީމް ވިދާޅުވެއްޖެއެވެ.

އޭނާ އެހެން ވިދާޅުވީ ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ، ޤައުމިއްޔަތުގެ ބަހާތަކުގެ ތެރޭގައި މިނިވަންކަމާއި، އިސްލާމް ދީނާއި، ދިވެހި ބަސް އަދި އަކުރުގެ އިތުރުން ދިވެހި ސަޤާފަތް ހިމެނޭ ކަމަށެވެ.

Advertisement

އޭގެ އިތުރުން، އާ ގައުމިއްޔަތެއްގެ ވާހަކަ ދެކެވޭއިރު ޤާނޫނުއަސާސީއާއި އެ ޤާނޫނުން ލިބިދޭ ޙައްޤުތަކުގެ އިތުރުން ޑިމޮކްރަސީވެސް ހިމެނޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު އަދުލު އިންސާފުވެސް މުހިއްމުކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، އަދުލު އިންސާފު ނެތް ތަނެއްގައި ޤައުމިއްޔަތެއްވެސް ނޯންނާނެ ކަމަށެވެ.

ދެން ހަމައެއާއެކު، އަދުލު އިންސާފު، އަދުލު އިންސާފު ނެތް ތަނެއްގައި ޤައުމިއްޔަތެއްވެސް ނޯންނާނެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރ އަލީ ޝަމީމް

އޭނާ އިތުރަށް ވިދާޅުވީ، ޕާޓީ ސިސްޓަމްތަކުގެ ވާދަވެރިކަން އޮންނަންވާނީ ޤައުމަށް ހެޔޮ ގޮތްތައް ހެދުމާއި، ރައްޔިތުންނަށް ރަނގަޅު ވެރިކަމެއް ކޮށްދިނުން ފަަދަ ކަންކަމުގައި ކަމަށެވެ.

ހަމައެއާއެކު، ތަރައްޤީ ގެނެސްދޭނެ އަމާޒުތަކާއި، ސިޔާސަތުތައް ފަދަ ކަންކަމަކީ ހަގީގަތުގައި ސިޔާސީ ގޮތުން ވާދަވެރިކަން އޮންނަންޖެހޭ ދާއިރާތައްކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް