Advertisement
ކ. މާލެ
|
17 ޖޫން 2023 | ހޮނިހިރު 18:02
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
އަންހެނުން ބާރުވެރިކުރުވުން
އަންހެނުންގެ އަޑު މިއަށްވުރެ ބޮޑަށް އެހި ސަރުކާރެއް ނެތްކަން ކެބިނެޓް އެކުލަވާލި ހިސާބުން ވެސް ސާފުވި: ރޮޒައިނާ
ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީގެ މެނިފެސްޓޯއަށް ހިޔާލު ހޯދުމަށްޓަކައި ކުރިއަށްގެންދާ އަންހެނުންގެ ރޫހުގެ ވޯކްޝޮޕެއް ބާއްވާފައިވޭ
ރަށްރަށުގައި ތިބި އެމްޑީޕީގެ އަންހެން މެންބަރުންނަށް ވެސް ދީފައިވާ އީމެއިލް ބޭނުންކޮށްގެން ހިޔާލު ހުށަހެޅޭނެ
އަންހެނުންގެ ދިރިއުޅުމުގެ ކަންކަން ރަނގަޅުކޮށް އަންހެނުންގެ އަޑު އެހުމަށް ކުރަން ޖެހޭ ކަންކަން އެ ވޯރކްޝޮޕްގެ އަލީގައި އެނގިގެން ދާނެ ކަމަށް ރޮޒައިނާ ވިދާޅުވި

އަންހެނުންގެ އަޑު މިއަށްވުރެ ބޮޑަށް އެހި ސަރުކާރެއް ނެތް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކެބިނެޓް އެކުލަވާލެއްވި ހިސާބުން އެކަން އެނގިގެން ދިޔަ ކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ އެފަދައިން ވިދާޅުވެފައި ވަނީ 2023 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީގެ މެނިފެސްޓޯއަށް ހިޔާލު ހޯދުމަށްޓަކައި ކުރިއަށްގެންދާ އަންހެނުންގެ ރޫހުގެ ވޯކްޝޮޕްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަންހެނުންނަށް ކެބިނެޓްގައި 33 އިންސައްތަ ދެއްވުމަކީ، އަންހެނުންނަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެކަން ހާމަވި ކަމެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އޭގެ ފަހުން މި ސަރުކާރުގައި އަންހެނުންނަށްޓަކައި އެތައް ކަމެއް ކޮށްދެއްވާފައިވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. ރޮޒައިނާ ވަނީ ރައީސް ސާލިހުއަކީ އަންހެނުންނަށް ޚާއްސަ ސަމާލުކަމެއްދީގެން މަސައްކަތްކޮށްދެއްވި ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.

Advertisement

ރޮޒައިނާ ވިދާޅުވީ 2023ގެ އިންތިޚާބަށް އެކުލަވާލާ އެމްޑީޕީގެ މެނިފެސްޓޯގައި އަންހެނުން ބާރުވެރިކުރުވުމަށާއި، އަންހެނުންގެ ތަރައްޤީ އަށް މަގުފަހިކޮށްދިނުމަށް ގިނަ ކަންތައްތަކެއް ހިމަނުއްވާނެ ކަމަށެވެ. އަދި އެ މެނިފެސްޓޯ އަށް ޚިޔާލު ހޯދުމަށް ވޯރކްޝޮޕެއް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ ރަނގަޅުކުރަން ހުރި ކަންކަން ބަލައި، އެކަންކަން ރަނގަޅުކުރެވޭނެ މަގު ހޯދައިދިނުން ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ. އަންހެނުންގެ ދިރިއުޅުމުގެ ކަންކަން ރަނގަޅުކޮށް އަންހެނުންގެ އަޑު އެހުމަށް ކުރަން ޖެހޭ ކަންކަން އެ ވޯރކްޝޮޕްގެ އަލީގައި އެނގިގެން ދާނެ ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.

އެމްޑީޕީން އިންތިޒާމްކޮށްފައިވާ ވޯކްޝޮޕްގައި އެމްޑީޕީގެ މެނިފެސްޓޯއަށް ހިޔާލު ހޯދުމަށް ގުރޫޕް އެކްޓިވިޓީތައް ކުރިއަށްގެންދިއުމުގެ އިތުރުން، އެކި ދާއިރާތަކަށް ހުށަހަޅާ ޚިޔާލު އެކުލެވޭ ހުށަހެޅުންތަކެއް ނުވަތަ ޕްރެޒެންޓޭޝަންތަކެއް ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަށްރަށުގައި ތިބި އެމްޑީޕީގެ އަންހެން މެންބަރުންނަށް ވެސް ދީފައިވާ އީމެއިލް [email protected] ބޭނުންކޮށްގެން ހިޔާލު ހުށަހެޅުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް