ކ. މާލެ
|
17 ޖޫން 2023 | ހޮނިހިރު 17:02
ޝަހީދު ހުސެއިން އާދަމް ބިލްޑިންގ
ޝަހީދު ހުސެއިން އާދަމް ބިލްޑިންގ
ޕޮލިސް މީޑިޔާ
3 ދިވެހިން ރަހީނުކުރި މައްސަލަ
3 ދިވެހިން ރަހީނުކުރި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ދެ މީހަކު ގެންގޮސްފި
މި މައްސަލައިގައި އުމުރުން 18 އަހަރުން ދަށުގެ ކުޑަ ފިރިހެން ކުއްޖެއް ހައްޔަރުކޮށްފައިވޭ
މި މައްސަލަ އާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވޭ
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން

3 ދިވެހިން ރަހީނުކުރި މައްސަލައާ ގުޅިގެން، ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ ހެންވޭރު އަބަދަށް އުފާ މަގުގައި ހުރި ގެއެއްގައި ބަޔަކު ރަހީނުކޮށްފައި ތިބި ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައި ވަނީ ހޮނިހިރު ދުވަހު ކަމަށެވެ.

ބަޔަކު ރަހީނުކޮށްފައި ތިބި ކަމަށް އެ އިދާރާ އަށް މައުލޫމާތު ލިބުމާއި ގުޅިގެން ފުލުހުން އެ މައްސަލަ ބަލައި، މީހުން ރަހީނުކޮށްފައި ބައިތިއްބާފައި ތިބި ގޭގެ ތެރެއަށް ވަދެފައި ވަނީ ބާރުގެ ބޭނުންކޮށްގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ރަހީނުކޮށްފައި ވަނީ ދިވެހި 3 ފިރިހެނުން ކަމަށާއި އެ ތިން މީހުން ވެސް މިހާރު ސަލާމަތްކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންނަށް އެކިވަރުގެ އަނިޔާތައް ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެ ތިން މީހުންނަށް ސިއްޙީ ފަރުވާ ދިނުމަށްޓަކައި އައިޖީއެމްއެޗް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

މި މައްސަލައިގައި މިހާތަނަށް ހައްޔަރުކުރި މީހުންގެ ތެރޭގައި އުމުރުން 18 އަހަރުން ދަށުގެ ކުޑަ ފިރިހެން ކުއްޖެއް ހިމެނެއެވެ. މި މައްސަލަ އާއި ގުޅިގެން އިތުރު ދިވެހި ފިރިހެނެއް ވެސް ހައްޔަރުކޮށްފައިވެއެވެ. ނަމަވެސް އޭނާގެ އުމުރާއި އިތުރު ތަފްސީލްތައް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އަދި މި މައްސަލަ އާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
40%
40%
0%
0%
20%
ކޮމެންޓް