ކ. މާލެ
|
14 ޖޫން 2023 | ބުދަ 22:22
ތުރުކީގެ ރައީސް ތައްޔިބު އުރުދުޣާން
ތުރުކީގެ ރައީސް ތައްޔިބު އުރުދުޣާން
ރޮއިޓާސް
ތުރުކީން ސްވިޑްން ނޭޓޯއާ ގުޅުމަށް ތާއީދުނުކުރުން
ތުރުކީއާ ދެކޮޅަށް ކުރާ މުޒާހަރާތައް ނުހުއްޓަނީސް، ސްވިޑްން ނޭޓޯއާ ގުޅުމަށް ތާއީދެއް ނުކުރާނަން: އުރުދުޣާން
ނަމަވެސް ތުރުކީގެ ސަބަބުތަކާ ގުޅިގެން ހުށަހެޅި ކަންކަމަށް ތުރުކީގެ ޖަވާބެއް އަދި ނުލިބޭ ކަމަށްވެސް ވަނީ ފާހަގަކޮށްފައި
މިކަމުގައި އެގައުމަށް ތާއިދުކުރުމަށް ތުރުކީން ދެކޮޅުހަދަމުންދާ ސަބަބުތަކާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދެވުނުކަމަށް ސްވިޑްން އިން ބުނޭ
ތުރުކީ އާއި ސްވިޑްން އަދި ފިންލޭންޑްގެ އިސްވެރިން ވަނީ މައްސަލައާ ގުޅިގެން މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންދަވާފައި

ތުރުކީއާ ދެކޮޅަށް ސްވިޑްންގައި ކުރާ މުޒާހަރާތައް ނުހުއްޓަނީސް، އެގައުމުން ނޭޓޯއާ ގުޅުމަށް ކުރާ މަސައްކަތަށް ތުރުކީން ތާއީދު ނުކުރާނެ ކަމަށް އެގައުމުގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

އުރުދުޣާން މިހެން ވިދާޅުވެފައި ވަނީ ބުދަ ދުވަހުއެވެ.

އުރުދުޣާން ވަނީ ސްޓޮކްހޮމް ގައި، "ޓެރަރިސްޓުން" ތުރުކީއާ ދެކޮޅަށް މުޒާހަރާކޮށް އަޑުއުފުލަަމުން ދަނިކޮށް، ސްވިޑްން ނޭޓޯއާ ގުޅުމަށް ތުރުކީގެ ފަރާތުން އެއްބާރުލުން ނުދެވޭނެކަމަށް ވިދާޅުވެފައެވެ.

އުރުދުޣާން މިގޮތަށް ވިދާޅުވެފައިވާއިރު، ބުދަ ދުވަހު، ތުރުކީ އާއި ސްވިޑްން އަދި ފިންލޭންޑްގެ އިސްވެރިން ވަނީ ސްވިޑްންއިން ނޭޓޯއާ ގުޅުމަށް ކުރާ މަސައްކަތައް ތުރުކީން ދެކޮޅުހަދަމުންދާ މައްސަލައާ ގުޅިގެން މަޝްވަރާ ބައްދަލުވުމެއްވެސް ކުރިއަށް ގެންދަވާފައެވެ.

އެމަޝްވަރާ ބައްދަލުވުމަށްފަހު ސްވިޑްން އިން ވަނީ ރަނގަޅު މަޝްވަރާތަކެއް ކުރިއަށް ގެންދެވުނުކަމަށާއި މިކަމުގައި އެގައުމަށް ތާއިދުކުރުމަށް ތުރުކީން ދެކޮޅުހަދަމުންދާ ސަބަބުތަކާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދެވުނުކަމަށް ބުނެފައެވެ.

ނަމަވެސް ތުރުކީގެ ސަބަބުތަކާ ގުޅިގެން ހުށަހެޅު ކަންކަމަށް ތުރުކީގެ ޖަވާބެއް އަދި ނުލިބޭކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

މިއަހަރުގެ މާޗު މަހު، ފިންލޭންޑުން ނޭޓޯއާ ގުޅުމަށް ތުރުކީން ވަނީ ތާއިދު ކޮށްފައެވެ. ނަމަވެސް އެގައުމުން އަދިވެސް އަންނަނީ ސްވިޑްން އިން ނޭޓޯއާ ގުޅުމާ ދެކޮޅު ހަދަމުންނެވެ. ތުރުކީން އަންނަނީ ސްވިޑްންއިން ޓެރަރިސްޓުންނަށް ހިމާޔަތްދެމުންދާ ކަމަށް ބުނަމުންނެވެ. އަދި އެކަން އެގޮތަށް އޮތްހާ ހިނދަކު އެގައުމުގެ ތާއީދު ސްވިޑްން އަށް ނުލިބޭނެ ކަމަށް ތުރުކީން ބުނެއެވެ.

- ކޮމެންޓް