Advertisement
ކ. މާލެ
|
13 ޖޫން 2023 | އަންގާރަ 09:21
ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު
ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު
މަޖިލިސް
ކޮމިޓީތައް ހުއްޓުވުން
ދުވަހަކުވެސް ކޮމިޓީ ބާއްވާ ކޮޓަރިތައް ތަޅެއް ނުލާ، ލިޔެކިޔުން ހުންނާނީ ސެކްރެޓޭރިއެޓްގެ ބެލުމުގެ ދަށުގައި - ނާޝިޒް
ކޮމިޓީގެ ލިޔެކިޔުންތައް ހުންނާނީ ކޮމިޓީ ހިންގާ ވަގުތު އެކަނި
މީގެ ކުރިން ދުވަހަކުވެސް ކޮމިޓީ ކޮޓަރިއަކު ތަޅެއް ނުލާ

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކޮމިޓީ ބާއްވާ ކޮޓަރިތައް މަސައްކަތް ނުހިނގާ ވަގުތުތަކުގައި ތަޅުތަލާފައި ހުންނަކަމަށް މަޖިލީހުން ބުނި ވާހަކަ، ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ދޮގުކުރައްވައިފިއެވެ.

މަޖިލީހުގެ ކޮމިޓީތައް ހުއްޓުވާފައިވާއިރު، ކޮމިޓީ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ގޮތަށް، ކޮމިޓީތައް ބާއްވާ ކޮޓަރިތައް މަޖިލީހުގެ އިދާރާއިން ވަނީ ތަޅުލާފައެވެ. އަދި މިކަމާއި ގުޅިގެން މެންބަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މަޖިލީހުގެ ކޮމިޓީތައް ބާއްވާ ކޮޓަރިތައް ތަޅުލާފައިވާ މައްސަލައާއި ގުޅިގެން މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކޮމިޓީ ބައްދަލުވުން ބާއްވާ ކޮޓަރިތަކުގައި މުހިއްމު ލިޔެކިޔުންތައް ހުންނާތީ، ކޮޓަރިތަކުގައި މަސައްކަތެއް ކުރިއަށްނުދާ ހުރިހާ ވަގުތުތަކެއްގައިވެސް އެ ކޮޓަރިތަކަކީ ތަޅުލާފައި ހުންނަ ކޮޓަރިތަކެއް ކަމުގައެވެ.

Advertisement

މަޖިލީހުގެ ރަސްމީ އެކައުންޓުން ކުރި މި ޓްވީޓާއި ގުޅިގެން، މެންބަރު ނާޝިޒް ވިދާޅުވީ މަޖިލީހުގެ އިދާރާއިން ދައްކާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. ދުވަހަކުވެސް ކޮމިޓީ ބާއްވާ ކޮޓަރިތައް މީގެ ކުރިން ތަޅުލާފައި ނުހުންނަ ކަމަށެވެ. އަދި ކޮމިޓީ ބާއްވާ ކޮޓަރިތަކުގައި އެއްވެސް އިރެއްގައި ކޮމިޓީ ހިނގާ ވަގުތު ފިޔަވައި ލިޔެކިޔުން ނުހުންނާނެ ކަމަށެވެ. އަދި ލިޔެކިޔުންތައް ހުންނާނީ ކޮމިޓީގެ ސެކްރެޓޭރިއެޓްގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ނާޝިޒް ވިދާޅުވިއެވެ.

ކޮމިޓީތައް ހުއްޓުވާފައިވާ މައްސަލަތައް ހައްލުކުރުމަށް އެމްޑީޕީގެ ޕީޖީން، މަޖިލީހުގެ އަމީން އާންމާއި ކޮންްސިއުލް ޖެނެރަލްއާއި ވެސް މަޝްވަރާކޮށްފައިވެއެވެ. އަދި އެ މައްސަލަ ވީހާވެސް އަވަހަށް ހައްލުކުރުމަށް އެދިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް