Advertisement
ކ. މާލެ
|
12 ޖޫން 2023 | ހޯމަ 06:23
ސިޔާސީ ޕާޓީގެ މެންބަރަކަށް ވުމަށް އެދޭ ފޯމަށް އިސްލާހު ގެނެސްފައި
ސިޔާސީ ޕާޓީގެ މެންބަރަކަށް ވުމަށް އެދޭ ފޯމަށް އިސްލާހު ގެނެސްފައި
ރާއްޖެއެމްވީ
ޕާޓީއަށް ވަންނަން އެދޭ ފޯމު
ޕާޓީއަށް ވަންނަން އެދޭ ފޯމުގައި މަންމަގެ އައިޑީ ނަންބަރު ޖެހުން އިހްތިޔާރީ ކަމަކަށް ހަދައިފި
މި ބަދަލު ގެނެސްފައިވަނީ ސިޔާސީ ޕާޓީތަކާއި މަޝްވަރާކުރުމަށްފަހުގައި

ސިޔާސީ ޕާޓީއަށް ވަންނަން އެދޭ ފޯމުގައި މަންމަގެ އައިޑީ ނަންބަރު ޖެހުން އިހްތިޔާރީ ކަމަކަށް ހަދައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ގެޒެޓްކޮށްފައިވާ ސިޔާސީ ޕާޓީގެ ގަވާއިދަށް 7 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދުގައި ވަނީ އަލަށް އުފެއްދުމަށް އެދި ހުށަހަޅާ ޕާޓީގެ މެންބަރަކަށް ވުމަށް އެދޭ ފޯމާއި މެންބަރަކަށް ވުމަށް އެދޭ ފޯމު އިޞްލާޙުކޮށްފައެވެ.

Advertisement

މީގެ ކުރިން  ޕާޓީތަކަށް ވަންނަން އެދޭ ފޯމުގައި ފުރިހަމަކުރަން ޖެހޭ މައުލޫމާތުތަކުގެ ތެރޭގައި މަންމަގެ ނަމާއި އައިޑީކާޑު ނަމްބަރު ވެސް ޖެހުން ލާޒިމް ކޮށްފައިވެއެވެ. ނަމަވެސް ސިޔާސީ ޕާޓީގެ ގަވާއިދަށް 7 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދުގައިވަނީ އެކަން އިހްތިޔާރީ ކަމަކަށް ހަދާފައެވެ.

މި އިސްލާހު ގެނެސްފައިވަނީ ސިޔާސީ ޕާޓީތަކުން މިކަމުގައި ކަންބޮޑުވުން ފާޅުކޮށްފައިވާތީއެވެ. އަދި މިކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ މި ބަދަލު ގެނައުމުގެ ކުރިން ސިޔާސީ ޕާޓީތަކާއި މަޝްވަރާކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް