ކ. މާލެ
|
11 ޖޫން 2023 | އާދީއްތަ 18:06
ފުއާދު ތައުފީގް
ފުއާދު ތައުފީގް
ރާއްޖެއެމްވީ
ވޯޓަރސް ލިސްޓު
ވޯޓަރސް ލިސްޓު ސައްހަކުރަން ވަރަށް މަސައްކަތް ކުރިން، ކަނޑައެޅިފައިވާ މުއްދަތުގައި ޝަކުވާ ހުށަހަޅާދެއްވާ: ފުޢާދު
ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތާވަލްކޮށްފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހު
އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓްލުން ސެޕްޓެމްބަރު 30 ގައި ބާއްވާނެ
ގާނޫނުގައި ބުނާގޮތުން ޝަކުވާ ހުށަހަޅަން ލިބެނީ 10 ދުވަހުގެ މުއްދަތެއް

މި އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބްގައި ވޯޓުލާ މީހުންގެ ވޯޓަރސް ލިސްޓު ސައްހަކުރަން ވަރަށް މަސައްކަތް ކުރައްވާފައިވާނެ ކަމަށާއި ކަނޑައެޅިފައިވާ މުއްދަތުގައި ޝަކުވާ ހުށަހަޅާދެއްވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މިދިޔަ މޭއި މަހުގެ ތެރޭގައި ވޯޓުލާމީހުންގެ ލިސްޓުވަނީ އާއްމު ކޮށްފައެވެ. އެކަމާއި ގުޅޭގޮތުން ރާއްޖެ ޓީވީ އަށް ދެއްވި ބަސްތީގަތުމެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ ވޯޓަރސް ލިސްޓް ތަކުރާރުކޮށް ޗެކްކޮށް ލިސްޓު ފުރިހަމަކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް އީސީން ކޮށްފައިވާނެ ކަމަށެވެ. އަދި ޝަކުވާ ހުށަހަޅަން އޮންނަ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަނާޅައިފި ނަމަ ފަހުން އެކަން ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވުމަށް ފުއާދު ވަނީ ޢިލްތިމާސްކުރައްވާފައެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤުލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓުގައި ވާގޮތުން މި އަހަރު ވޯޓު ލުމުގެ ހައްގު ލިބެނީ 282755 މީހުންނަށެވެ. އޭގެ ތެރޭގައި ހިމެނެނީ 144408 ފިރިހެނުންނާއި 138347 އަންހެނުންނެވެ. ގާނޫނުގައި ބުނާގޮތުން ޝަކުވާ ހުށަހަޅަން ލިބެނީ 10 ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ހަމަވާނީ މި މަހުގެ 22 ވަނަ ދުވަހަށެވެ.

މީގެ އިތުރުން ރީ ރަޖިސްޓްރޭޝަން މަރުހަލާ ކުރިއަށް ދާނީ އަންނަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 5 ވަނަ ދުވަހާހަމައަށް ކަމަށް އީސީން ބުނެފައިވެއވެެ. ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތާވަލްކޮށްފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓްލުން ބާއްވާނީ ސެޕްޓެމްބަރު 30 ގައެވެ.

- ކޮމެންޓް