Advertisement
ކ. މާލެ
|
7 ޖޫން 2023 | ބުދަ 19:06
އިސްދޫ ދާއިރާއިން އެމްޑީޕީއާއި ގުޅުނު މެންބަރުންގެ ފޯމްތައް ހަވާލުކުރަނީ
އިސްދޫ ދާއިރާއިން އެމްޑީޕީއާއި ގުޅުނު މެންބަރުންގެ ފޯމްތައް ހަވާލުކުރަނީ
އެމްޑީޕީ
އެމްޑީޕީގެ މެންބަރުން އިތުރުކުރުން
ޕާޓީއަށް ބޭނުންވާ އެންމެ މަދު 3000 ހަމަވެގެން ހުއްޓާ ނުލާނަން - ފައްޔާޒް
ޕާޓީގެ ކުރީގެ އޮތް މެންބަރުންގެ އަދަދާ ހަމައަށް ގެންދާނަން
12 ދާއިރާއަކުން 2،500 މެމްބަރުން އެމްޑީޕީއާ ވަނީ ގުޅިފަ
އީސީގެ ވެބްސައިޓުގައިވާ ގޮތުން، އެމްޑީޕީގައި މި ވަގުތު ތިބީ 57،660 މެމްބަރުން

ޕާޓީއަކަށް ބޭނުންވާ އެންމެ މަދު އަދަދު ހަމަވެގެން ހުއްޓާ ނުލައްވާނެކަމަށާއި، ޓާގެޓާއި ހަމައަށް ދެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

Advertisement

އެމްޑީޕީއާއި އަލަށް ގުޅުނު މެންބަރުންގެ ފޯމް ހަވާލުކުރުމަށް އެމްޑީޕީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ހަރަކާތެއް މުޅި ރާއްޖޭގައި ހިންގި އިރުގައި، އެއިރު ލިބިފައި ހުރި ފޯމްތައް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެމްޑީޕީއަކީ އަބަދުވެސް ޕާޓީ ކުރިއެރުވުމަށް މަސައްކަތް ކުރާބައެއް ކަމަށާއި، އެގޮތުން އަދިވެސް މެންބަރުން އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަދި ޕާޓީއަށް ބޭނުންވާ އެންމެ މަދު 3000 ހަމަވެގެން ހުއްޓައެއް ނުލާނަން. އަޅުގަނޑުމެން ކުރިއަށް ގެންދަނާނަން.
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެމްޑީޕީއާއި ގުޅިވަޑައިގަންނަވާފައެވެ. އެކަމަށް އިޝާރާތްކުރައްވާ ފައްޔާޒް ވިދާޅުވީ ރައީސް އައްޑޫ އަށް ކުރެއްވި ދަތުރުފުޅުގައި އައްޑޫއިން ގުޅުނު މެންބަރުންގެ ފޯމްތަކާއެކު 2500 ފޯމް ލިބިފައިވާ ކަމަށެވެ.

އަދި ޓާގެޓަކީ ކުރިން ގާނޫނާއި އެއްގޮތް ނޫން ގޮތަށް އޮތް އަދަދާ ހިސާބަށް ގާނޫނާ އެއްގޮތަށް ރަސްމީކޮށް ރަޖިސްޓްރީވެގެން މެންބަރުން ގެންދިއުން ކަމަށެވެ. އިރާދަކުރެއްވިޔާ ޓާގެޓަށް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އީސީގެ ވެބްސައިޓުގައިވާ ގޮތުން، އެމްޑީޕީގައި މި ވަގުތު ތިބީ 57،660 މެމްބަރުންނެވެ. އަދި އަލަށް ހަވާލުކުރި ހުރިހާ ފޯމެއް ސައްހަ ކަމަށް ނިންމައިފި ނަމަ، އެ ޕާޓީގެ މެމްބަރުންގެ އަދަދު 60،160 އަށް އަރާނެއެވެ. 12 ދާއިރާއަކުން 2،500 މެމްބަރުން އެމްޑީޕީއާ ވަނީ ގުޅިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް