ކ. މާލެ
|
7 ޖޫން 2023 | ބުދަ 13:55
މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ ނައިބު ރައީސްގެ މަޤާމް
މަޖިލީހުގެ ނާއިބު ރައީސް ކަމަށް ރޮޒައިނާ އައްޔަންކުރަން ނިންމާފައެއް ނުވޭ
އީވާގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ އެމްޑީޕީގެ 50 މެންބަރު ސޮޔާއެކު
މަޖިލީހުގެ ނާއިބު ރައީސްގެ ވެސް އިތުބާރު ނެތްކަމަށް ފާސް ވާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ހޯދައިގެން
މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މި ޖޫން މަހުގެ 11 ވަނަ ދުވަހަށް ވަނީ ތާވަލްކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ރޮޒެއިނާ އާދަމް އައްޔަނުކުރުމަށް އަދި އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމާފައި ނުވާކަމަށް "ރާއްޖެ އެމްވީ" އަށް މައުލޫމާތު ލިބިއްޖެއެވެ.

ބައެއް މީޑިއާތަކުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް ކަމަށް ރޮޒެއިނާ ގެނައުމަށް އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ނިންމަވާފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.

އެހެންނަމަވެސް ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުން އެމްޑީޕީގެ ޕީޖީ ގުރޫޕުގެ މެންބަރަކު ވިދާޅުވީ އަދި އެފަދަ ނިންމުމެއް އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމާފައި ނުވާ ކަމަށެވެ. އަދި ޕާޓީގެ އިސް ފަރާތްތަކުން ވެސް އެފަދަ ނިންމުމެއް ޕީޖީ ގުރޫޕަށް އަންގާފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ ނާއިބު ރައީސް ކަމަށް ގެންނާނެ ބޭފުޅަކާ މެދު ގޮތެއް ނިންމާނީ ޕާޓީގެ އިސްފަރާތްތަކާއި ޕާޓީގެ މެދުގައި މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ.

މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މި ޖޫން މަހުގެ 11 ވަނަ ދުވަހަށް ވަނީ ތާވަލްކޮށްފައެވެ. އީވާގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ އެމްޑީޕީގެ 50 މެންބަރު ސޮޔާއެކުގައެވެ.

މަޖިލީހުގެ ނާއިބު ރައީސްގެ ވެސް އިތުބާރުނެތްކަމަށް ފާސްވާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ހޯދައިގެންނެވެ. މަޖިލީހުގައި މިހާރު މެންބަރުން ތިބި އަދަދަށް ބަލާނަމަ އެއީ 44 މެންބަރުންގެ ވޯޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް