ކ. މާލެ
|
6 ޖޫން 2023 | އަންގާރަ 20:59
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، މުހައްމަދު އަސްލަމް
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، މުހައްމަދު އަސްލަމް
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ ރައީސްކަން
މަޖިލީހުގެ ރައީސްކަމަށް އަސްލަމް ތައްޔާރު
 
އަސްލަމް ވިދާޅުވީ ޕާލަމެންޓްރީ ގްރޫޕުން އެފަދަ ނިންމުމެއް ނިންމައިފިނަމަ އެމަގާމާ ހަވާލުވާނެކަމަށް

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމައިފިނަމަ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމާ ހަވާލުވާން ތައްޔާރަށް ހުންނެވި ކަމަށް އެ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް އިތުބާރު ނެތްކަމަށް ހުށަހަޅަން އެމްޑީޕީ ޕީޖީން ނިންމާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމަށް އަސްލަމްގެ ޝައުގުވެރިކަން ހުރިތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ސީދާ އެސުވާލަށް ޖަވާބު ނުދެއްވާ އަސްލަމް ވިދާޅުވީ ޕާލަމަންޓްރީ ގްރޫޕުން އެފަދަ ނިންމުމެއް ނިންމައިފިނަމަ އެމަގާމާ ހަވާލުވާނެކަމަށެވެ.

އެކަމާ ގުޅޭގޮތުން އަޅުގަނޑު ނުނިންމަން ވަކި ގޮތަކަށް. ދެން ޕާލިމަންޓަރީ ގުރޫޕުން ނިންމަވާނީ. ޕާލިމަންޓަރީ ގުރޫޕުން އެފަދަ ނިންމުމެއް ނިންމަވައި، އަޅުގަނޑާ ހަވާލުކުރަން ނިންމަވައިފިިއްޔާ އެކަން އަޅުގަނޑު ހިތުގެ އަޑިން ގަބޫލު ކުރާނަން
މުހައްމަދު އަސްލަމް/ އެމްޑީޕީ ޕީޖީ ލީޑަރ

އަސްލަމަކީ މަޖިލިހުގައި މެދުނުކެނޑި 19 ވަނަ އަހަރު ގުނަމުން ގެންދަވާ އެންމެ ތަޖުރިބާކާރު އެއް މެމްބަރެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް މެމްބަރުންގެ ސޮއިހޯދަމުންދާއިރު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

އަސްލަމް ވިދާޅުވީ މިދެމަގާމަށް ގެންނާނެ މެމްބަރެއް އަދި ކަނޑަނާޅާކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް