Advertisement
ކ. މާލެ
|
6 ޖޫން 2023 | އަންގާރަ 13:44
ރައީސް އުކުޅަހަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވަނީ
ރައީސް އުކުޅަހަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވަނީ
ރައީސް އޮފީސް
ރައީސްގެ އުކުޅަސް ދަތުރުފުޅު
އުކުޅަހަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެވަޑައިގެންފި
"ބީޓް ޕްލާސްޓިކް ޕޮލިއުޝަން" ފެސްޓިވަލަށް އެމަނިކުފާނު ޒިޔާރަތްކުރެއްވި
އުކުޅަހުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ވެސް ބައްދަލުކުރެއްވި

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، އއ. އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

2023 ވަނަ އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާޞަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖޭގައި ހަކަތަ އުފެއްދުމަށް ތެލަށް ބަރޯސާވުން ނިމުމަކަށް ގެނަސް، ތިމާވެށްޓާއި ރައްޓެހި ގޮތްގޮތަށް ހަކަތަ އުފައްދައި، ބޭނުންކުރާ ޤައުމަކަށް ބަދަލުކުރުން ކަމުގައެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާ އއ. އުކުޅަހަށް ކުރެއްވި މި ދަތުރުފުޅުގައި “ބީޓް ޕްލާސްޓިކް ޕޮލިއުޝަން" ފެސްޓިވަލަށް އެމަނިކުފާނު ޒިޔާރަތްކުރެއްވެވިއެވެ. މި ފެސްޓިވަލުގައި ކުނި ރިސައިކަލް ކުރުމާއި، ކުނި ނައްތާލުމާއި، ކުނި ވަކިކުރުމާ ބެހޭ ގޮތުން މަޢުލޫމާތު ދިނުމުގެ އިތުރުން ރީސައިކަލްކޮށްފައިވާ ޕްލާސްޓިކުން ހަދާފައިވާ ޑިސްޕްލޭތައް ދައްކާލާފައިވެއެވެ.

ދެ ދުވަހުގެ މި ދަތުރުފުޅުގައި އަންގާރަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާ ވަނީ އއ. އުކުޅަހުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރަށުގެ އިޤްތިޞާދީ ތަރައްޤީއާއި، ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް