ކ. މާލެ
|
5 ޖޫން 2023 | ހޯމަ 16:23
ރައީސް އުކުޅަހަށް ފުރާވަޑައިގެންނެވުން
ރައީސް އުކުޅަހަށް ފުރާވަޑައިގެންނެވުން
ރައީސް އޮފީސް
ތިމާވެށީގެ ދުވަސް
ތިމާވެށީގެ ދުވަސް ފާހަގަކުރެއްވުމަށް ރައީސް އުކުޅަހަށް ފުރާވަޑައިގެންފި
 
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ
 
ތިމާވެށީގެ ދުވަހާ ގުޅިގެން އުކުޅަހުގައި ބާއްވާ ހަރަކާތްތަކުގައި ރައީސް ބައިވެރިވެވަޑައިގަންވާނެ
 
ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އަރިއަތޮޅު އުތުރުބުރީ އުކުޅަހަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި އުކުޅަހުގައި ބާއްވާ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން، އުކުޅަހުގައި ކުރިޔަށްދާ "ބީޓް ޕްލާސްޓިކް ޕޮލިއުޝަން" ފެސްޓިވަލް ބައްލަވައިލެއްވުމަށާއި، ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ އުކުޅަހުގައި ބާއްވާ ރަސްމީ ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.

މީގެ އިތުރުންވެސް އުކުޅަހުގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދަވައި، ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއައްސެވުމުގެ ގޮތުން، އެމަނިކުފާނު އއ. އުކުޅަހު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ގުޅުންހުރި