ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ އައްޑޫ ސިޓީގައި އައު އައްޑޫއެއް ބިނާކުރުމަށް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހު ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އިފްތިތާހުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ އައްޑޫ ރައްޔިތުންގެ ހުވަފެން ހަގީގަތަކަށް ހެދުމުގެ މަސައްކަތް މިސަރުކާރުން ކުރާނެ ކަމަށާއި، އައު އައްޑޫއެއް ބިނާ ކުރާނެ ކަމަށެވެ. މިނިސްޓަރު ފައްޔާޒު މިމޭރުމުން ވާހަކަދެއްކެވީ މީހަކު ކޮށްފައިވާ ޓްވީޓަކާއި ގުޅިގެންނެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވީ ދައުލަތް ހިންގުމުގެ ފުރުސަތު ރައީސް ޞާލިހަށް ދިވެހިން ދިނުމާ ގުޅިގެން އެންމެ ފުރަތަމަ ފެއްޓެވި މަސައްކަތަކީ ދެކުނުގެ އިގްތިސާދީ ހަބަކަށް އައްޑޫ ކަނޑައަޅުއްވައި އެކަން ތަންފީޒު ކުރެއްވުން ކަމަށެވެ. އަދި ވިދާޅުވީ ވެރިކަން ފެށުމުގެ ކުރިން ރައީސް އެމަސައްކަތް ފެއްޓެވި ކަމަށާއި، ވެރިކަން ފެށުމުގެ ކުރިން އެކަމަށް ބޭނުންވާ ފައިސާ ހަމަޖެއްސެވި ކަމަށެވެ.
މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮތީ އައްޑޫގައިކަން ފާހަގަކުރައްވައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެންމެ މުއްސަނދި އިންސާނީ ވަސީލަތްތައް އޮތީވެސް އައްޑޫގައި ކަމަށާއި، ލާމަރުކަޒީ ނިޒާމު ކުރިއެރުވުމަށް އެންމެ ބޮޑަށް އަޅާލަން ޖެހިފައި ވެސް އޮތީ އައްޑޫއަށް ކަމަށެވެ. އައްޑޫގެ އިގްތިސާދަށް އަންނަ ކުރިއެރުމަކީ މުޅި ރާއްޖޭގެ އިގްތިސާދަށް އަންނާނެ ކުރިއެރުމެއް ކަމަށާއި، ރާއްޖޭގެ އެންމެ އުތުރަށް އަންނަ އިގްތިސާދީ ކޮންމެ ކުރިއެރުމަކީ ވެސް މުޅި ރާއްޖޭގެ އިގްތިސާދަށް އަންނާނެ ކުރިއެރުމެއް ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނ،ީ އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުމަށް ކަމަށާއި، އަމާޒު ހިފާފައިވަނީ އުފާ ވެރި މީހެއް ބިނާކުރަން ކަމަށެވެ. އަދި މިހާރު އެކަންކަން ފެންނަމުންދާ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.
މީހަކު ޓުވީޓް ކޮށްފައި އޮތީ އައްޑޫގައި އަލަށް އައްޑުއެއް ހަދަނިއްޔޭ. ހަގީގަތަކީ އެއ.ީ ރައީސް ކުރައްވާ މަސައްކަތަކީ އައްޑޫ ގައި އަލުން އައްޑުއެއް ބިނާކުރުން. އެއީ ތިޔަ ބޭފުޅުން މިދިޔަ އަހަރުތަކުގައި ހުވަފެނުން ދުށް އައްޑުއަށް ތިޔަ ބޭފުޅުން ގެންގޮސްދޭނެ އައްޑޫއެއް. އެހެންވީމަ އަޅުގަނޑު ދަންނަވާނި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގެ ނަތީޖާއަކަށްވާނީ ތިބޭފުޅުންނަށް ހުވަފެނުން ފެނުނު އައު އައްޑޫ ބިނާވެގެންދާތަނޭއިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް
އައްޑޫއަށް ގިނަ މަޝްރޫއުތައް ކުރިއަށް ގެންދާތީ ބައެއް މީހުން ކަންބޮޑުވާކަން ފާހަގަކުރައްވައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެއީ ޒަމާނުއްސުރެ މާލެސިޓީއަށް ބާރުތައް ގެންނަން ބޭނުންވާ މީހުންގެ ވިސްނުން ހުންނަ ގޮތް ކަމަށެވެ. އަދި މިފަދަ ތަރައްގީތައް ބެލުމަށް އެމީހުންނަށް ދަތިވާނެ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ އަދި ވިދާޅުވީ މިސަރުކާރުގެ މަސައްކަތުގެ އިންޖީނަކީ ފިތުނަ އެއް ނޫން ކަމަށާއި، ފިތުނަ ދިރުވަން މަސައްކަތް ނުކުރާ ކަމަށެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވީ ދިމާލަށް ކިޔާހާ އެއްޗަކާ ކުރާހާ ދުއްތުރާ އެއްކައިރި ކުރަމުން އަމާޒަށް ވާސިލްވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
އައްޑޫގައި ގިނަ މަޝްރޫއުތައް ކުރިއަށްދާކަން ފާހަގަކުރައްވައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ އައްޑޫ ރައްޔިތުންނަށް އިތުރަށް ކިޔައިދޭކަށް ނުޖެހޭނެ ކަމަށާއި، މި ސަރުކާރުން ގެނެސްދޭ ތަރައްގީގެ މަސައްކަތްތައް ސާފުވާނެ ކަމަށެވެ. ސިޔާސީ މަންފާއަކަށް ހަގީގަތާ ޚިލާފަށް ބަޔަކު ވާހަކަ ދެއްކިޔަސ،ް ކަމުގެ ހަގީގަތް އޮތް ގޮތް އައްޑޫ މީހުންނަށް ސާފުކޮށް އެނގޭނެ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.
2018 ގައި ރައީސް އިންތިޚާބުވުމާއެކު އައްޑޫގެ ތަރައްގީއަށްޓަކައ،ި ރައީސް ކުރެއްވި މަޝްވަރާ ގައި ރައީސް ފާހަގަކުރެއްވި ކަމަކީ ޓޫރިސްޓު އެނދު ނެތި އެއާޕޯޓް ހެދޭކަށް ނެތޭ. އަދި އެއާޕޯޓް ހެދޭކަށް ނެތޭ ޓޫރިސްޓު އެނދު ނެތި. މިއަދު ފެންނަނީ، މިދިޔަ ސަރުކާރުތަކުގައި އެއާޕޯޓް ތަރައްގީކޮށް ފައި ނެތުމުން، ޓޫރިޒަމަށް އިންވެސްޓްކޮށްގެން ތިބި ހިތްވަރު ގަދަ މީހުންނަށް ލިބެމުންދާ ގެއްލުން.އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް
އައްޑޫގެ ޓޫރިޒަމަށް އިޝާރާތް ކުރައްވައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ މި ސަރުކާރު ފެށުމާ ހަމައަށް ޓޫރިސްޓު ރިސޯޓްތަކުން ޓެކްސް ނަގަމުން އައީ އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ އަތޮޅެއްގައި ވެސް އެއް މިންވަރަކަށް ކަމަށެވެ. ނަމަވެސް ރީޖަނަލް ޓޫރިޒަމަށް ގެނައި އަގުގެ 7 ބަދަލާއެކު މި ސަރަހައްދުގެ ޓޫރިޒަމަށް ވަރަށް ހެޔޮ ބަދަލެއް އައި ކަމަށާއި، ކުރިން އަކަ މީޓަރަކަށް 8 ޑޮލަރުގެ ރޭޓުން ނަގަމުން އައި ޓޫރިޒަމް ޓެކްސް އައްޑޫގައި މިއަދު ދައްކަން ޖެހެނީ އަކަ މީޓަރަކަށް 2 ޑޮލަރުކަން މިނިސްޓަރު ފައްޔާޒު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މިނިސްޓަރު ފައްޔާޒު ވަނީ އިންޑިއާއިން ރާއްޖެއަށް ވެދެމުންދާ އެހީތައް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.