ކ. މާލެ
|
4 ޖޫން 2023 | އާދީއްތަ 15:48
ހަވާ އަރުވަނީ
ހަވާ އަރުވަނީ
ފްލިކަރ
އައްޑޫގައި ހަވާއެރުވުން
އައްޑޫ ސިޓީއަށް އަންނަ ތަރައްގީ ފާހަގަކުރުމުގެ ގޮތުން ހަވާ އަރުވަނީ
 
މިއީ އައްޑޫ ކައުންސިލުން އިންތިޒާމުކޮށްގެން އެމްއެންޑީއެފް ސިފްކޯގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދާ ހަރަކާތެއް
 
ހަވާ އެރުވުމަށް ހަމަޖެހިފައި ވަނީ އައްޑޫ ސިޓީ ސްކެއާގައި

އައްޑޫ ސިޓީއަށް އަންނަ ތަރައްގީ ފާހަގަކުރުމުގެ ގޮތުން ހަވާ އަރުވަން ނިންމައިފިއެވެ.

ހަވާ އެރުވުމަށް ހަމަޖެހިފައި ވަނީ އައްޑޫ ސިޓީ ސްކެއާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު، ރައްޔިތުންނާ އެކީގައި ބާއްވަވާ ބައްދަލުވުމުގެ ތެރެއިންނެވެ.

މިއީ އައްޑޫ ކައުންސިލުން އިންތިޒާމުކޮށްގެން އެމްއެންޑީއެފް ސިފްކޯގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދާ ހަރަކާތެކެވެ.

އާދިއްތަ ދުވަހުގެ ރޭ ހަވާ އަރުވަން ނިންމާފައިވާއިރު، ރައީސް ސާލިހު އައްޑޫ ސިޓީއަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގައި އައްޑޫ ސިޓީގެ ތަރައްގީއަށް ހިންގޭ ބައެއް މަޝްރޫއުތައް ފައްޓަވައިދެއްވައި، އަދި މިހާރު ކުރިޔަށްދާ ބައެއް މަޝްރޫއުތަކުގެ މަސައްކަތްތައް ބައްލަވައިލައްވާނެއެވެ. އެގޮތުން، އައްޑޫ ސިޓީއަށް ބިން އިތުރުކުރުމުގެ މަޝްރޫއު އެމަނިކުފާނު ވަނީ މިދަތުރުފުޅުގައި ފައްޓަވާދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
50%
0%
0%
0%
50%
ކޮމެންޓް