އައްޑޫ ސިޓީ
|
4 ޖޫން 2023 | އާދީއްތަ 13:12
ރައީސުލްޖުމްހޫރިއްޔާ އައްޑޫސިޓީގެ އ.ތ.މ ކޮމެޓީއާ ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ އައްޑޫސިޓީގެ އ.ތ.މ ކޮމެޓީއާ ބައްދަލުކުރެއްވުން
ރައީސް އޮފީސް
ރައީސް އައްޑޫސިޓީއަށް ކުރައްވާ ދަތުރުފުޅު
އ.ތ.މ. ކޮމެޓީތަކަށް ބޭނުންވާ ކަންކަން ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ޤާނޫނަށް ބަދަލުތަކެއް ގެންނަންޖެހޭ: ރައީސް
މިސަރުކާރަކީ އަންހެނުން ބާރުވެރިކޮށް، ތަރައްޤީއަށް ބޮޑު އިސްކަމެއްދޭ ސަރުކާރެއް

އ.ތ.މ. ކޮމެޓީތަކަށް ބޭނުންވާ ކަންކަން ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ޤާނޫނަށް ބަދަލުތަކެއް ގެންނަންޖެހޭކަން ޤަބޫލުފުޅު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި އާދިއްތަ ދުވަހު ހެނދުނު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އ.ތ.މ.)ގެ މެންބަރުންނާ ބައްދަލުކުރައްވައި އައްޑޫސިޓީގައި އަންހެނުންގެ ތަރައްޤީއަށް ކުރިޔަށްގެންދެވޭ މުހިންމު ކަންކަމާގުޅޭގޮތުންނާއި އެކޮމެޓީއަށް ކުރިމަތިވާ ދަތި މައްސަލަތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤާނޫނީގޮތުން ގެންނަންޖެހޭ ބަދަލުތަކުގެ އިތުރުން ފަހިކުރެވެންހުރި އިތުރުކަންކަން ބައްލަވައި އެކަންކަން ފަހިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައެވެ.

މި ބައްދަލުކުރެއްވުމުގައި އ.ތ.މ ކޮމެޓީގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އ.ތ.މ. ކޮމެޓީތަކުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ކައުންސިލުތަކުގެ ބަޖެޓުން ކަނޑައަޅާފައިވާ އިންސައްތަ މިހާރަށްވުރެ މަތިކުރުމަށާއި އަދި ސިޓީ ކައުންސިލުތަކުގެ އ.ތ.މ ކޮމެޓީގެ މެންބަރުންނަށް އިތުރު އެލަންވަންސްތައް ހަމަޖެހުން ފަދަ ކަންކަން ފަހިކޮށްދިނުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫސިޓީގެ އ.ތ.މ ކޮމެޓީއާ ބައްދަލުކުރެއްވުން - ރައީސް އޮފީސް

މީގެ އިތުރުންވެސް އަންހެނުން އިތުރަށް ބާރުވެރިކުރުމަށް މަގުފަހިކުރުމަށް ކުރަންހުރި އިތުރުކަންކަން މެންބަރުން ފާހަގަކުރެއްވިއެވެ. އަދި މިސަރުކާރަކީ އަންހެނުން ބާރުވެރިކޮށް، ތަރައްޤީއަށް ބޮޑު އިސްކަމެއްދޭ ސަރުކާރެއް ކަމަށް އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންގެ ވާހަކައިގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫސިޓީއަށް ކުރައްވާ 3 ދުވަހުގެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އެގޮތުން އައްޑޫ ސިޓީގައި ކުރިއަށްދާ ބޮޑެތި މަޝްރޫއުތައް ފައްޓަވައިދެއްވާ އަދި ބައެއް މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް އެމަނިކުފާނު ބައްލަވާލައްވާނެއެވެ.

- ކޮމެންޓް