ކ. މާލެ
|
3 ޖޫން 2023 | ހޮނިހިރު 21:29
ތުރުކީގެ ރައީސް ތައްޔިބު އުރުދުޣާން
ތުރުކީގެ ރައީސް ތައްޔިބު އުރުދުޣާން
ރޮއިޓާސް
އުރުދުޣާން ރައީސްކަމުގެ ހުވާކުރެއްވުން
އުރުދުޣާން ރައީސްކަމުގެ އައު ދައުރަކަށް ހުވާކުރައްވައިފި
ތުރުކީގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުރުދުޣާން ކާމިޔާބުކުރައްވާފައި ވަނީ 52.2 އިންސައްތަ ވޯޓާއެކު
ރައީސްކަމުގެ ހުވާކުރެއްވުމުގެ ކުރިން އުރުދުޣާނަށް ވަނީ އެގައުމުގެ މަޖިލީހުގެ ވަގުތީ ރައީސްގެ ފަރާތްޕުޅުން، އެމަނިކުފާނުގެ މެންޑޭޓް އަރުވާފައި
އުރުދުޣާން އައު ދައުރުގެ ހުވާކުރައްވާފައި ވަނީ ހޮނިހިރު ދުވަހު

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން، ރައީސް ކަމުގެ އައު ދައުރަކަށް ހުވާކުރައްވައިފިއެވެ.

އުރުދުޣާން އައު ދައުރުގެ ހުވާކުރައްވާފައިވަނީ ހޮނިހިރު ދުވަހުއެވެ. މިއާއެކު އުރުދުޣާން މިވަނީ އިތުރު 10 އަހަރަށް ތުރުކީގެ ރައީސްކަމާ ހަވާލުވެވަޑައިގަންނަވާފައެވެ.

ރައީސްކަމުގެ ހުވާކުރެއްވުމުގެ ކުރިން އުރުދުޣާނަށް ވަނީ އެގައުމުގެ މަޖިލީހުގެ ވަގުތީ ރައީސްގެ ފަރާތުން، އެމަނިކުފާނުގެ މެންޑޭޓް އަރުވާފައެވެ.

މެއި މަހުގެ 28 ވަނަ ދުވަހު ބޭއްވި ތުރުކީގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުރުދުޣާން ކާމިޔާބުކުރައްވާފައިވަނީ 52.2 އިންސައްތަ ވޯޓާއެކުއެވެ. އުރުދުޣާން ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާފައި މިވަނީ، މިއީ އުރުދުޣާނަށް ކާމިޔާބުކުރެއްވޭނެ އިންތިޚާބަކަށް ނުވާނެކަަމަށް ރިޕޯޓުކުރަމުން ދަނިކޮށެވެ.

އުމުރުފުޅުން 69 އަހަރުގެ އުރުދުޣާން ތުރުކީގެ ބޮޑުވަޒީރުކަމާ އެންމެ ފުރަތަމަ ހަވާލުވެވަޑައިގެންފައިވަނީ 2003 ވަނަ އަހަރުއެވެ. އަދި 2014 ވަނަ އަހަރު އުރުދުޣާން ވަނީ ގައުމުގެ ރައީސްކަމާ ހަވާލުވެވަޑައިގެންފައެވެ. އަދި އެއަށްފަހު 2018 ވަނަ އަހަރު އިތުރު ދައުރަކަށް އަނެއްކާވެސް ހުވާކުރެއްވިއެވެ.

- ކޮމެންޓް