Advertisement
ކ. މާލެ
|
3 ޖޫން 2023 | ހޮނިހިރު 18:57
ބަންޑާރަ ނައިބު، އިބްރާހީމް ރިފްއަތު
ބަންޑާރަ ނައިބު، އިބްރާހީމް ރިފްއަތު
ރައީސް އޮފީސް
ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ
ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ: މަޖިލީހުގެ ރައީސް ބޭނުންފުޅުވަނީ ގަސްތުގައި މައްސަލަ ދަންމަވަން - އަސްލަމް
ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައި
އަނގަބަހުން ދިފާއުގައި މަސައްކަތްކުރެއްވުމުގެ ހައްގު އިޚުތިޔާރުކުރައްވަން ރިފްއަތު ވަނީ އެދިވަޑައިގެންފައި
ރިފްއަތުގެ މައްސަލަ ކުރިއަށް ނުގެންދަވަން ނިންމެވީ އިދާރީ މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވައި

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވަނީ ގަސްތުގައި، ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ދަންމަވަން ކަމަށް، މަޖިލީހުގެ އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނައިބު އަލްއުސްތާޒު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އިސްތިޝާރީ ލަފަޔަކަށް އެދެން ނަޝީދު ވަނީ ނިންމަވާފައެވެ. މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލްކުރުމަށްފަހު އެ މައްސަލަ ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަަލާގައި މަޖިލީހުގެ އާއްމު ކޮމިޓީން ނިންމާފައިވަނީ ވަޒީރު ޖަވާބުދާރީވެވަޑައިގަތުމަށް ބަހުސްގެ ވަގުތުގެ ކުރިން 10 މިނެޓް، ބަހުސްގެ މެދުތެރެއިން 10 މިނެޓް އަދި ބަހުސަށްފަހު ދިހަ މިނެޓް އެރުވުމަށެވެ. ނަމަވެސް ރިފްއަތު ނިންމެވީ ލިޔުމުން މަޖިލީހަށް ޖަވާބުދާރީވެވަޑައިގަތުމަށެވެ. 

އެއީ އިދާރީ މައްސަލައެއް ކަމަށް ބައްލަވައި މެންބަރަކު ނިޒާމީ ނުކުތާއެއް ނެންގެވުމުން މަޖިލީހުގައި، އެ މައްސަލަ ކުރިއަށް ގެންދިއުމާމެދު ޚިޔާލުތަފާތުވުން އުފެދުނެވެ. އަދި މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު މަޝްވަރާކުރެއްވުމަށްޓަކައި މަޖިލިސް މެދުކަނޑާލިއެވެ. އެއަށްފަހު އަލުން މަޖިލީހުގެ ޖަލްސާ ކުރިއަށްގެންދަވަމުން، ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ގެންދިއުމާމެދު އިސްތިޝާރީ ލަފައެއް ބޭނުންފުޅުވާކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އެލަފާ ހޯއްދަަން އެދިވަޑައިގަންނަވަނީ ސުޕްރީމް ކޯޓުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

މިކަމާމެދު އަސްލަމް ރާއްޖެ އެމްވީއަށް ވިދާޅުވީ، އާއްމު ކޮމިޓީން ގޮތެއް ނިންމާފައިވަނީ ބަންޑާރަ ނައިބު މަޖިލީހަށް ވަޑައިގަންނަވާނެ ކަމަށް ބައްލަވައިގެން ކަމަށެވެ. އެހެންކަމުން އެއީ ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަން ނުޖެހޭ ސަބަބެއްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެމްޑީޕީން ވަނީ އާއްމު ކޮމިޓީން މި މައްސަލާގައި ނިންމަންޖެހޭ ކަންކަން ނިންމާފައިވާކަމަށް ވިދާޅުވެފައެވެ. މަޖިލީހުގެ ގަވާއިދުގެ ތެރެއިން މެމްބަރުންގެ މެދުގައި ބަހުސްގެ ވަގުތު ބަހައިލުމުގެ ފުރުސަތުވެސް އޮތްކަމަށް އޭނާ ވިދާޅުވިއެވެ.

ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަައްސަލަ ފެއިލްކޮށްލަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ފާސްކޮށްފައެވެ. ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައި، 13 މެންބަރުންގެ ސޮޔާއެކުގައެވެ. ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތަކަށް، އެމަނިކުފާނު ވަނީ ބުރާސްފަތި ދުވަހު އެދިވަޑައިގަންނަވާފައެވެ.

އެގޮތުން ލިޔުމުން ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތު 31 މެއިގެ ޖަލްސާގައި ދެއްވާފައިނުވާތީ، ގާނޫނު އަސާސީގައި ވާ ގޮތުގެ މަތީން، އަނގަބަހުން ދިފާއުގައި މަސައްކަތްކުރެއްވުމުގެ ހައްގު އިޚުތިޔާރުކުރައްވަން އެދިވަޑައިގަންނަވާކަމަށް ރިފްއަތު ނަޝީދަށް ފޮނުއްވި ސިޓީފުޅެއްގައި ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މި މައްސަލައިގެ ބަހުސް އޮންނަ ދުވަހު މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީވެވަޑައިގަތުމަށް ފުރުސަތު އެރުވުމަށް ރިފްއަތު ވަނީ އެދިވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް
4 ޖޫން 2023 | އާދީއްތަ 07:24
މުހައްމަދު
އެއްވެސް ފަރާތަކުން ރައްޔިތުން ބޭނުންވާ ގޮތް ނޫންގޮތަކަށް އަމަލުކުރާނަމަ ދައުލަތުގެ މަގާމުތަކުން ދުރުކުރަންލާޒިމް. އެކަން އެގޮތަށް ނުކުރާނަމަ ރައްޔިތުންގެ މަޖުލިސް މެމްބަރުން އެވަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ޚިލާފްވެފައި.