ކ. މާލެ
|
2 ޖޫން 2023 | ހުކުރު 12:48
އައްޑޫ ސިޓީ
އައްޑޫ ސިޓީ
ސަން
ފިނޭންސް މިނިސްޓްރީ
ސ. ފޭދޫ އައު ސްކޫލް އަޅައިދޭނެ ބަޔަކު ހޯދަނީ
 
ބިޑު ސެކިއުރިޓީގެ ގޮތުގައި 500،000ރުފިޔާ ހުށަހަޅަން ޖެހޭނެ

ސ. ފޭދޫގެ އައު ސްކޫލް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

އެ މިނިސްޓްރީން ބުރާސްފަތި ދުވަހު ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި މި މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޑިޒައިން އެންޑް ބިލްޑުގެ އުސޫލުންނެވެ. މިއީ އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ.

މި މަސައްކަތުގެ ބީލަން ކުރިއަށްގެންދާނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" އާއި މިނިސްޓްރީ އޮފް ފިނޭންސްގެ "ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު" އަދި މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޑެވެލޮޕްމަންޓުގެ " ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ" އާއެއްގޮތަށެވެ.

މި މަސައްކަތަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ބަޔަކު ނަގާނީ ނޭޝަނަލް ކޮމޕެޓިޓިވް ބިޑިންގެ އުސޫލުންނެވެ.

ފިނޭންސުން ބުނެފައިވާ ގޮތުގައި މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން ރިފަންޑެބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެއެވެ. މި ފައިސާ ބަލައިގަންނާނީ މި މަހުގެ 4-20 އަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރު 2:00 އަށް ބަނޑޭރި ޕޭމެދުވެރިކޮށެވެ.

ފޭދޫގައި އަޅާ އައު ސްކޫލުގެ މަސައްކަތުގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 500،000ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް